މޮރޮކޯ މޮޅުވުމަކީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު ކާމިޔާބެއް ނޫން: ޝައިޚް ފަޟުލޫން

މޮރޮކޯ މޮޅުވުމަކީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު ކާމިޔާބެއް ނޫން: ޝައިޚް ފަޟުލޫން

ގުޅުންހުރި

މިހާރު ޤަޠަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ބަލިކޮށް މޮރޮކޯ ކްއާޓާ ފައިނަލަށް ދިއުމަކީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު މޮޅެއް ނޫންކަމަށް، ދީނީ ޢިލްމުވެރިޔާ އައްޝައިހް ފަޟުލޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

މޮރޯއަކީ އެފްރިކާގެ އިސްލާމީ ޤައުމެކެވެ. އެޤައުމުގެ %99.23 އަކީ ސުންނީ މުސްލިމުންނެވެ. އެހެންކަމުން މޮރޮކޯ ރޭ ސްޕޭނުގެމައްޗަށް ހޯދި ކާމިޔާބީ މުސްލިމު ޤައުމުތަކުގެ ޢާންމުން އަންނަނީ ފާހަގަކުރަމުންނެވެ. ޚާއްސަކޮށް މޮރޯގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި ފަލަސްޠީނުގެ ދިދަޔާއެކު އުފާފާޅުކޮށް އެމީހުންގެ ކާމިޔާބީ ފާހަގަކުރުމާއި މޮޅުވުން ޝުކުރުގެ ސަޖިދަ ޖެހުންފަދަ ކަންކަމަކީ އިސްލާމީ ޤައުމުތަކުގެ ޢާންމުން އެކަންކަމާމެދު އުފާކޮށް މޮރޮކޯއަށް ތައުރީފްކުރި ކަންކަމެވެ.

މިކަމާ ގުޅިގެން ކުރި ޓްވީޓެއްގައި ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ފަޟުލޫން ވިދާޅުވީ، "ފުޓުބޯޅައިގައި ސުޕޭނުގެ މައްޗަށް މޮރޮކޯ ކުރިހޯދުމަކީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު މޮޅެއް ނޫން"ކަމަށެވެ. އަދި މުސްލިމު އުއްމަތުގެ ގިނަ ބަޔަކު އަދިވެސް ތިބީ ދުނިޔެއާ މަޝްޣޫލުވެ ޖިހާދަށް ފުރަގަސް ދީގެންކަމަށާ، އުއްމަތައް ނަޞްރު ލިބޭނީ ﷲގެ މަގުގައި ޖިހާދު ކޮށްގެންކަމަށްވެސް ޝައިޚް ފަޟުލޫން ވިދާޅުވެފައިވެއެވެ.

ޝައިޚް ފަޟުލޫނަކީ ސިޔާސީ އިޖުތިމާޢީ ކަންކަމާ ގުޅިގެން އަޑުއުފުލައި ޝުޢޫރު ފާޅުކުރައްވާ ދީނީ ޢިލްމުވެރިއެވެ. އެގޮތުން ޔޯގާ ދުވަހު ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި ޔޫގާ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި އެއްވެގެން ޝައިޚް ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރިޢަތްވެސް ހިންގިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ