ޖޭޕީގެ ޤައުމީ ޖަލްސާ ބާއްވަން ތައްޔާރުވަނީ!

ޖޭޕީގެ ޤައުމީ ޖަލްސާ ބާއްވަން ތައްޔާރުވަނީ!

Author
ޢަލީ އާދަމް
05 ޑިސެމްބަރ 2022 09:38
0

ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލީ ޞާލިޙް ވިދާޅުވީ ވަރަށް އަވަހަށް ޤައުމީ ޖަލްސާ ނުވަތަ ކޮންގްރެސް ބާއްވަން މަސައްކަތްކުރާމުންދާކަމަށާ، މިހާރު ކުރިއަށްދަނީ އޭގެކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކަމަށެވެ. އަލީ ޞާލިޙް މިގެން ވިދާޅުވީ ވނިއުސްއަށް މައުލޫމާތުދެއްވަމުންނެވެ. ޤައުމީ ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އޭނާ ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ވަރަށް ކުލަގަދަގޮތެއްގައި ޤައުމީ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންދާކަމަށާ، އެކަމަށްޓަކައި ކުރަންޖެހޭ ބައެއްކަންކަން ޕާޓީގެ ކައުންސިލުން ވަރަށް އަވަހަށް ނިންމާނެކަމަށްވެސް އަލީ ޞާލިޙް ވިދާޅުވެފައިވެއެވެ.

ޖޭޕީގެ ޤައުމީ ޖަލްސާއިން ނިންމާނެ އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެގޮތެކެވެ. އެއީ ސީދާ ކެންޑިޑޭޓެއް ނެރޭނެތޯ ނޫންތޯ ކަށަވަރުވެގެންދާނެއެވެ. އެހެންނަމަވެސް ޖޭޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނުކުންނާނެކަމަށް ކުރިން އެޕާޓީން ވިދާޅުވެފައިވެއެވެ.

ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.