"ސާކަސް" ގެ ޓްރެއިލާ ދައްކައިލައިފި

"ސާކަސް" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2022 11:04
0

މިމަހުގައި ޝޫޓިން ނިންމާލިކަން އިއުލާން ކުރި ބޮލީވުޑްގެ މަޝްހޫރު އެކްތަރު ރަންވީރު ސިންގް ގެ ކުރިއަށް އޮތް ފިލްމް "ސާކަސް" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

ފިލްމްގެ ހުރިހާ ތަރިން ފެންނަ މި ޓްރެއިލާގައި ފިލްމްގެ ލީޑުން ފެނިގެންދާ އެކްޓަރު ރަންވީރު ގެ އަންހެނުން އަދި ބަތަލާ ދީޕިކާ ޕަދުކޯން ވެސް ފެނިގެންދެއެވެ. ބެލެވޭ ގޮތުގައި ދީޕިކާ ފެނިގެންދާނީ ފިލްމްގެ 'އައިޓަމް ސޯންގް' އަކުންނެވެ.

ފިލްމްގެ ޕޯސްޓަރުގެ އިތުރުން ޓީޒާވެސް މިހާރު ވަނީ ދައްކަައިލައިފައިއެވެ. ފުރަތަމަ ޕޯސްޓަރުން ފެންނަނީ ފިލްމުގެ މައިގަނޑު ކެރެކްޓާތަކެވެ. ރަންވީރު ސިންގާއި ޖެކްލީން ފެނާންޑެޒް އަދި ޕޫޖް ހެގްޅޭ ފެންނަ މި ޕޯސްޓަރުގައި ރަންވީރު ފެންނަނީ ސްޓައިލިޝް ކޮށެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ޕީރިއަޑް ކޮމެޑީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ސާކަސް" އަކީ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމްއެކެވެ. މިއީ ރަންވީރު ޑަބަލް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. "ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މިއީ 2018 ގެ "ސިމްބާ" އަށް ފަހު ރޯހިތު އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

ސާކަސް ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 23 ގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.