ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގައި ވަނީ މިއަދު ހެނދުނު 8:00އިން ފެށިގެން މެންދުރުފަހު 14:00އާ ހަމައަށް ހއ.އަތޮޅުގެ ރަށްތަކުން ފެށިގެން ޅ.އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރުވެސް އުތުރުގެ ސަރަޙައްދަށް ވިއްސާރަކުރާނެއެވެ. އެގޮތުން ހދ.ހަނިމާދޫގެ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވީ އެވްރެޖުކޮށް 29 ޑިގްރީސެލްސިއަސްގައެވެ. އަދި އުތުރަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ. މާލެ ސަރަހައްދަށްވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. މިސަރަހައްދުގެ ފިނިހޫނުމިން އެވްރެޖުގޮތެއްގައި ހުންނާނީ 29 ޑިގްރީ ސެލްސިއަސްގައެވެ.
Alert white for heavy rain pic.twitter.com/4yyLdeIY2e
— Maldives Meteorology (@MetMaldives) December 3, 2022
މިދުވަސްވަރު އުތުރު ސަރަހައްދަށް ވާރޭވެހުން އިތުރުވެފައި ނީމަވެސް ޢާންމުގޮތެއްގައި ކަނޑު އެހައި ގަދަ ނުވާނެކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ