ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވަނީ

ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2022 02:37
0

ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމަހު ޤަތަރަށް ވަޑައިގަންނަވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ގަތަރަށް ވަޑައިގަންނަވަނީ ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށްކަމަށެވެ. ނަމަވެސް ރައީސް ގަތަރަށް ވަޑައިގަންނަވާނެ ސީދާ ތާރީޚެއް މިއުވާން ވިދާޅެއް ނުވެއެވެ. ނަމަވެސް ރައީސް ވަޑައިގަންނަވާނީ ފައިނަލް މެޗު ނުވަތަ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ޤަތަރަށް ވަޑައިގަންނަވާއިރު، މީގެ ކުރިން ގަތަރުންވަނީ ވޯލްޑް ކަޕް ބައްލަވާލެއްވުމަށް ރައީސްއަށް ދަޢުވަތު ދެއްވާފައެވެ. ރައީސް ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުވެސް ގަތަރަށް ވަޑައިގެންފައެވެ.

ރައީސް ވޯލްޑްކަޕް މެޗެއް ބައްލަވާލެއްވުމަށް ވަޑައިގަންނަވާއިރު، މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.