މާލީދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު އަބުދުއްالله އަލީ މިއަދު ރިޓަޔަރކުރައްވައިފިއެވެ. ޢަބްދުﷲ ވަނީ ފިނޭންސް މިނިސްޓްރީގައި 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.
ޢަބްދުﷲ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އަބުދުއްالله އަލީ މިއަދު ރިޓަޔާ ތިކުރެއްވީ އެންމެންނަށް ވަރަށްގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފައިކަމަށެވެ.
41 އަހަރު ދުވަހު @MoFmv އަށް ޚިދުމަތްކުރެއްވުމަށްފަހު އަބުދުއްالله އަލީ މިއަދު ރިޓަޔާ ތިކުރެއްވީ އަޅުގަނޑުމެން އެންމެންނަށް ވަރަށްގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފަ. pic.twitter.com/WEJOnOjMBq
— Ibrahim Ameer (@iameeru) November 30, 2022
މިނިސްޓަރ އަމީރު ވިދާޅުވީ، މާލިއްޔަތު ޤަވާއިދު އެކުލަވާލުމާއި, ދައުލަތުގެ ފައިސާއާއި ބަޖެޓާއި ބެހޭ ކަންތައްތައް އަބުދުއްالله އަލީ ކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކުކަމަށެވެ. އަދި ދިވެހި ދައުލަތައް ޢަބްދުﷲ ޢަލީ ކޮށްދެވި އަގުހުރި މަސައްކަތަކީ އެންމެންނަށް ނަމޫނާއެއްކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ ޢަބްދުﷲ އަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ