އާލިއާ އާއި ރަންބީރު ގެ ދަރިފުޅަށް ނަން ކިޔައިފި

އާލިއާ އާއި ރަންބީރު ގެ ދަރިފުޅަށް ނަން ކިޔައިފި

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2022 08:07
0

މަޝްހޫރު ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓްގެ އަލަތު ދަރިފުޅަށް ނަން ކިޔައިފިއެވެ. އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯއެއްގައި ނަން އިއުލާން ކޮށްފައިވާއިރުގައި އާލިއާ ވިހެއީ މި މަހުގެ 6 ގަ އެވެ.

އާލިއާ އާއި ރަންބީރު ދަރިފުޅާއިއެކު ފެންނަ ފޮޓޯއަކާއިއެކު ބާސިލޯނާގެ ޖާޒީއެއްގައި ދަރިފުޅުގެ ނަން ޖަހާފައިވާ ޕޯސްޓު ހިއްސާކޮށް ބުނެފައިވަނީ ދަރިފުޅަށް ކީ "ރާހާ" ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އެ ޕޯސްޓްގައި އާލިއާ ބުނީ ދަރިފުޅަށް ނަން ދިނީ ދަރިފުޅުގެ މާމަ ކަމަށާއި ރާހާ އެ ނަމުގެ މާނަ ވެސް ވަރަށް ރީތި ކަމަށެވެ. މީގެ ކުރިން ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި އެކުއްޖާއަށް ނަން ކިޔާނީ 2020 ގައި މަރުވެފައިވާ ރަންބީރްގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކޕޫރްގެ ނަމާ ގުޅުވައިގެންނެވެ. ނަމަވެސް ފެށޭ އަކުރު ފިޔަވާއި އެދެނަމުގައި އެއްވެސް ގުޅުމެއް ނެތެވެ.

އާލިއާ ވަނީ އެކި ބަސްތަކުން ރާހާގެ މާނަ ވެސް ޕޯސްޓްގައި ހިމަނާފައިވެ އެވެ. އަރަބި ބަހުން ރަހާގެ މާނަ އަކީ އަމާންކަމެވެ. މި ޕޯސްޓުގައި ރަހާ އެމީހުންގެ ދިރިއުޅުމަށް އައީތީ އާލިއާ ވަނީ ޝުކުރު އަދާކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ އާއި ރަންވީރު ކަޕޫރު ކައިވެނިކުރީ ވަރަށް ކުއްލި ގޮތަކަށް މިދިޔަ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ. އަދި ކައިވެންޏަށް ދެމަސްވެސް ނުވަނީސް އާލިއާ ވަނީ ބަނޑޫބޮޑުކަން އިއުލާން ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.