"ހިލޭ ޑިގްރީ" ޕްރޮގްރާމަށް ސަރުކާރުން ފައިސާނުދައްކައިގެން ދަރިވަރުންގެ ޕޯޓަލްގެ އެޗްސެސް ކަނޑާލައިފި: ޝުޖާޢު

"ހިލޭ ޑިގްރީ" ޕްރޮގްރާމަށް ސަރުކާރުން ފައިސާނުދައްކައިގެން ދަރިވަރުންގެ ޕޯޓަލްގެ އެޗްސެސް ކަނޑާލައިފި: ޝުޖާޢު

އިމާމުން ތާޒާކުރުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީން ހިންގާ "ހިލޭ ޑިގްރީ" ޕްރޮގްރާމަށް ސަރުކާރުން ފައިސާނުދައްކައިގެން ދަރިވަރުންގެ ޕޯޓަލްގެ އެޗްސެސް ކަނޑާލާފައިވާކަމަށް މާލޭ ސިޓީކައުންސިލްގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު މަތިކުރަންކަމަށް ބުނެ ހިންގަން ފެށި ”ހިލޭ ޑިގްރީ“ ކޯހަށް ސަރުކާރުން ފައިސާ ނުދައްކައިގެން ކޯހުގެ ބައިވެރިންނަށް ވަނީ އައިޔޫއެމްގެ ގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައި ކަމަށާ، ރަށުގެ އަމިއްލަ ގޭގައި ލެޕްޓޮޕަކާ ފޯނެއް އޮތިއްޔާ މިކޯސް ފުރިހަމަ ކުރެވޭނޭ ބުނެ އިމާމުންނަށް ދޮގުހަދައި އެންމެ ފަހުން އިމާމުންނަށް މިޖެއްސީ މުސާރަ ނުލިބޭގޮތައް މާލެ އައިސް ކޯސް ފުރިހަމަ ކުރަންކަމަށެވެ.

އަދި މާލޭގައި ތިބޭ ދުވަސްތަކަށް ހިނގާ ހަރަދުވެސް މިޖެހުނީ އިމާމުން އަމިއްލައަށް ކުރަންކަމަށާ، މާލެ އަންނަ ދުވަސްތަކަށް މުސާރަވެސް ނުހިނގާގޮތް ވަނީ ހަދާފައިކަމަށް ޝުޖާޢު ވިދާޅުވެފައިވެއެވެ.

”ހިލޭ ޑިގުރީ“ އެންމެ ފަހުން މިއޮތީ ”ހިލޭ ބަލާވެރިކަމަކަށް“ ބަދަލުވެފައިކަމަށާ، އަދިވެސް މިއަށް ކިޔަންވީ ހެޔޮވެރިކަންތޯ؟ ނޫނީ ބަލާވެރިކަންތޯ؟ އިމާމުންނަށް މިސަރުކާރުން ކުރާ "ދުއްޕާނަށް" ޕީޕީއެމްގެ ވެރިކަމެއްގައި ނުމުން ގެންނާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ. 

މިކަމާ ގުޅިގެން އައިޔޫއެމްއިންވެސް، އަދި ހަޔަރއެޑިއުކޭޝަން މިނިސްޓްރީއަކުންވެސް އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތެދުހަބަރެއް ލިޔޫނީމަ ވަކި ކޯއްޗެކޭބުނެވޭނީ ވިސްނާފަ ކޮއްމެވެސް ދޮގެއް ހަދާލާ

Leave a Reply

Your email address will not be published. Required fields are marked *