މޮސްޓާ އަށް ޙަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

މޮސްޓާ އަށް ޙަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
26 ނޮވެމްބަރ 2022 09:50
0

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 18އަހަރުގެ މީހެއްކަމަށާ، އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުންނާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި މީހަކު މޮސްޓާއަށް ހަމަލާދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި މޮސްޓާ ހުއްޓައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.