ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.
އިއްޔެ ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ އިސްތަރުޖަމާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ބޮޑުކުރުމަށް ހަމަޖެހިފައި ވާކަމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސިއްޙި ދާއިރާގެ މުވައޒަފުންގެ މުސާރައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަަށް ދޭ އެލަވަންސްވެސް އަންނަ އަހަރު ބޮޑު ކުރެވޭނެ ކަމަށާއި، މިހާރު ކުރިޔަށް ދަނީ ގިންތި ކުރުމުގެ މަސައްކަތް ކަމުގައެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރިކަން އިއުލާންކުރުމަށް މިއަހަރުގެ ޟޭމަހުގެ 1 ވަނަ ދުވަހު ރައީސް ސާލިހު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތްވެސް ސަރުކާރުން ހަނދާން ނައްތާ ނުލާނެ ކަމަށާއި، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރަމުން ގެންދަވާކަމުގައެވެ.
އެއަށްފަހު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބޖެޓް ބަޔާނުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމުގައެވެ.
އަންނަ އަހަރަށް ލާފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ހުށަހަޅުއްވާފައިވަނީ 5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ