ޓެކްސް ބޮޑުކުރަނީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދުގެ މަތިން ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ އިތުރުފުޅު ހައްދަވާފައިކަމަށާ، އޭނާއަކީ ރާއްޖޭޣެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވަން ލާއިޤު ބޭފުޅެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު އަމީރު އިސްތިއުފާދެއްވުމަށް މަޓާޓޯއިން ގޮވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ނެރުނު ބަޔާނެއްގައިވަނީ އިތުރުފުޅު ހެއްދެވުމުގެ އިތުރުން މިނިސްޓަރު އަމީރުވަނީ މިކަމުގައި ރައްޔިތުންގެ މަޖިލީހަށްވެސް އޮޅުވާލައްވާފައިކަމަށް ބުނެފައެވެ. ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓެކުހްސް ޓީޖީއެސްޓީ އާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން މަޓާޓޯއިން ނެރުނު ބަޔާނުގައި ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މަޓާޓޯގެ ބަޔާނުގައި ވަނީ މިފަދަ ދަނޑިވަޅެއްގައި ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމުން އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ދެނެގަތުމަށް، އެފަދަ ޚިދުމަތްދޭ ތަންތަނުން މަސައްކަތް ކޮށްފައިވާ ކަމަށާ، އެއިން އެނގުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެކަން ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓު، ހޮޓާތަކާއި ގެސްޓު ހައުސްތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކުރާނެކަމަށް މަޓާޓޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަދަލާއެކު ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު އެވްރެޖުކޮށް ލިބޭ ސަރވިސްޗާޖުން 2000އެއްހައި ރުފިޔާ އުނިވާނެކަމަށް މަޓާޓޯއިން ލަފާކުރެއެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރި އިބްރާހީމް އަމީރު އިސްވެ ހުންނަވައިގެން އަޅުއްވާފައިވާ މިފިޔަވަޅަކީ ޒިންމާދާރުކަން ކުޑަ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެ ފިޔަވަޅެއްގެ ގޮތުގައި މަޓާޓޯއިން ސިފަކުރެއެވެ. އަދި މިނިންމުން ބަދަލުކޮށް ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާ ދެނެގަނެ ފިޔަވަޅު އެޅުއްވުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
Press Release – Mismanagement of the Maldives Economy Must Be Addressed pic.twitter.com/oz17z88Rr8
— MATATO – PATA Maldives Chapter (@matatoMV) November 24, 2022
އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ގެނައި އިޞްލާހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މަޖިލީހުން ގެނައި އެ އިޞްލާހު ރައީސް ތަސްދީޤްކުރެއްވުމުން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
މި އިޞްލާހު ރައީސް ތަސްދީްްކުރެއްވުމާއި ގުޅިގެން އިޤްތިޞާދީ ދަތިކަމާއެކުވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުވެގެން ދިޔައީއެވެ. އގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، މިހާތަަށް %6ގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) %8އަށް ބޮޑު ވާނެއެވެ. އަދި މިހާތަނަށް %12ގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) %16އަށް ބޮޑުވާނެއެވެ.
މިބިލާ ދެކޮޅަށް އިިކޮޅު ފަރާތްތަކުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންވެސް މިބިލާ ދެކޮޅެވެ.