އަންނަ ރިޔާސީ އިންތިޚާބުގައި، ދިވެހިން ދިރިއުޅޭ ބޭރުގެ ޤައުމުތަކުގައި ވޯޓު ފޮށިތައް ބެހެއްޓުމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު 2023 ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެެއްޓުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ.
ކޮންމެ އަހަރެއްގެ ރިޔާސީ އިންތިޚާބުގައިވެސް ރާއްޖެއިން ބޭރުގައި އެންމެ ގިނައިން ދިވެހިން ދިރިއުޅެމުން އަންނަ ޤައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓައެވެ. ދިވެހިން ދިރިއުޅޭ ބޭރުގެބ ބައެއް ޤައުމުތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންއަންނަނީ އަވަށްޓެރި ސްރީލަންކާގައެވެ. އެޤައުމުގައި 10،000 އެއްހައި ދިވެހީން ދިރިއުޅެއެވެ. މީގެއިތުުރުން އިންޑިއާއާއި މެލޭޝިއާއަކީވެސް ދިވެހިން ގިނަ ޢަދަދަކަށް ދިރިއުޅޭކަމަށް ފާހަގަކުރެވޭ ދެ ޤައުމެވެ.
ކޮމެންޓު ފޮނުވާ