މަންމަ އާއި ބައްޕަގެ ކައިވެނިކުރީ ސިއްރުން: ޖާންވީ

މަންމަ އާއި ބައްޕަގެ ކައިވެނިކުރީ ސިއްރުން: ޖާންވީ

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ޖާންވީ ކަޕޫރު، އޭނާގެ މަންމަ މަޝްހޫރު ފިލްމީ ތަރި ސްރީ ދޭވީ އަދި ބައްޕަ ޕްރޮޑިއުސަރު ބޯނޭ ކަޕޫރުގެ ކައިވެންޏާއި ބެހޭޣޮތުން ވާހަކަ ދައްކައިފިއެވެ.

ވޯގް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނިކުރީ ސިއްރުން ކަމަށެވެ. މި އިންޓަވިއު ގައި ސްރީ ދޭވީ ގަތް އޭނާގެ ފުރަތަމަ ގެ ޖާންވީ ވަނީ ދައްކައިލައިފއިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

އިންޑިއާގެ ޗެންނާއީގައި ހުރި މިގޭގެ ޓުއާއެއް ޖާންވީ ދީފައިވާއިރުގައި ގޭގެ އެންމެ ހާއްސަ ހަނދާނީ ފާރު ދައްކާލަމުން ޖާންވީ ވަނީ އޭނާގެ މައިންބަފައިންގެ ކައިވެނީގެ ފޮޓޯތައް ވެސް ދައްކައި އެ ފޮޓޯތަކަގެ ތަފްސީލް ވެސް ދީފަ އެވެ.

އަދި ޖާންވީ ބުނި ގޮތުގައި އޭނާގެ މައިންބަފައިން އެ ފޮޓޯތަކުގައި މާބޮޑަށް ހާސްވެފައި ތިބީ، އެއީ ސިއްރުން ކުރި ކައިވެންޏަކަށް ވުމުން ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ. އަދި އެމީހުން ފޮޓޯގައި އެހާ ބިރުން ތިބީ އެހެންވެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާންވީ އަކީ މަންމަ ސްރީ ދެވީ ފަދައިން ވަރަށް ހުނަރުވެރި އަދި މަޑުމަޑުން ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރިއެކެވެ. ޖާންވީ އަކީ ސްރީ ދޭވީ އާއި ބޯނޭ ކަޕޫރުގެ ހުރި ދެކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ހަގު ދަރިފުޅު ހުޝީ ވެސް މިހާރު އަންނަނީ ބޮލީވުޑްއަށް ނުކުތުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.