ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ އަލަތު ދަރިފުޅު މާރީ މާލްތީ ޗޯޕްރާގެ މޫނު ވަރަށް ކައިރިން ނަގައިފައިވާ ފޮޓޯއެއް ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފިއެވެ.
މީގެ ކުރިންވެސް އޭނާ ވަނީ ދަރިފުޅާއި އެކުގައި ވަގުތު ހޭދަކުރަނިކޮން ނަގައިފާ ފޮޓޯ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ. ނަމަވެސް މިހާތަނަށް މި ވަރަށްވެސް މާލްތީގެ މޫނު ފެންނަ ފޮޓޯއެއް އޭނާ ހިއްސާ ކޮށްފައިއެއް ނުވެއެވެ.
އެފޮޓޯގައި މާލްތީގެ މޫނުގެ އެއްބައި ރީތިކޮށް ފެންނަން ހުއްޓެވެ. މިއީ މިހާތަނަށް މާލްތީގެ މޫނު އެހާ ކައިރިން އަދި އެހާ ބޮޑަށް ފެންނަ ގޮތަށް ދޫކޮށްލި ހަމައެކަނި ފޮޓޯވެސް މެއެވެ.
ޕްރިޔަންކާ އާއި ނިކް އަށް މި އަހަރުގެ ކުރީކޮޅު ދަރިއަކު ލިބުނު އިރު އެމީހުން ދަރިއަކު ހޯދައިފައިވަނީ ސަރޮގަސީ މެދުވެރިކޮށެވެ. އަދި މިހާތަނަށް އެކުއްޖާގެ މޫނު އެއްކޮށް ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަދި އޭގެ ފޮޓޯއެއް ފޭނުން ނާއި ހިއްސާ ކުރުމަކީ ނުހަނު ކާއިރި ކަމެކެވެ.
ޕްރިޔަންކާ އާއި ލަވަކިއުންތެރިއާ/ އެކްޓަރު ނިކް ޖޯނަސް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައި އިންޑިއާގައި ވަރަށް ކުލަގަދަ ހަފްލާއެއްގައިއެވެ. މީ މި ދެމީޙުންގެ ވެސް އަލަތު ދަރިފުޅެވެ.
ކޮމެންޓު ފޮނުވާ