އަރަބި އިސްލާމީ ގައުމެއްގައި ބޭއްވޭ އެންމެ ފުރަތަމަ ވާރލް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ޤަތަރުން އެގައުމުގެ ގައުމިއްޔަތާއި އަދި ސަފާތް އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވަފައިވާ މިންވަރު ތަމްސީލު ކޮށްދީފިއެވެ.
މިގޮތުން މިއަހަރުގެ ވާރލްޑް ކަޕް މުބާރާތް ފެށުމުގެ ގޮތުން، ޤަތަރުގެ އަމީރު ވަނީ އޭނާގެ ބައްޕާފުޅުގެ އަތުގައި ބޮސް ދެއްވުމަށްފަހު މި މުބާރާތަށް ދުނިޔެއަށް މަރުހަބާ ވިދާޅުވެފައެވެ.
ޤަތަރުން، އަރަބި ދުނިޔެއިން، އަހަރެން ވާރލްޑް ކަޕް 2022 އަށް ހުރިހާ އެންމެންނަށް މަރުހަބާ ކިޔަން.
ޝޭޚް ތަމީމް ބިން ހަމަދު އަލް ތާނީ ވިދާޅުވިއެވެ.
އެންމެހާ މީސްތަކުން އެމީހުންގެ ހުރި ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކައިރި ކުރުމަށްފަހު، އެމީހުންނަށް އެއްބަސް ވެވޭ ކަންކަމާއިގެން މިތަނަށް އެއްވެ ތިބުމަކީ ކިހާ ރިވެތި ސިފައެއް!
ޤަތަރުގެ އަމީރު މިހެން ވިދާޅުވުމާއެކު، މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮތް އަލް ބައިތު މުޅި ސްޓޭޑިއަމް ދިއްލާލާފައިވަނީ ބަޑިބޭހުގެ އަލިންނެވެ.
އެހެންނަމަވެސް މި ޚާއްސަ އިހުތިފާލްގައި ޤަތަރުގެ އަމީރު ދެއްކެވި ވާހަކަފުޅުތަކަށްވުރެވެސް ބޮޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ، 20 އަހަރު ޤާރީއެއް ކަމުގައިވާ ޢާނިމް އަލް މުފްތީ، މި ރަސްމިއްޔާތް ފެށުމުގެ ގޮތުން، އެމެރިކާގެ، އޮސްކާ އިނާމް ހާސިލް ކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި މޯގަން ފްރީމޭންއާއެކު ހުށަހަޅައި ހުށަހެޅުމުގައި، މޯގަން ފްރީމޭން އޭނާއާއި ކުރި ސުވާލަކަށް ކީރިތި ގުރުއާންގެ މޫރިތި އާޔަތަކުން ދެއްވި ޖަވާބުންނެވެ. ގާރީ އާނިމްއަކީ ފީފާ ވާރލްޑްގެ އެމްބެސެޑަރއެއްވެސް މެއެވެ.
ދުނިޔެ އެއްބައިވަން ކުރުވާނީ ކިހިނެއްތޯ ފްރީމޭން، ޤާރީ އާނިމްއާއި ކުރި ސުވާލުގެ ޖަވާބު ޤާރީ ދެއްވީ، ކީރިތި ޤުރުއާންގެ އަލް ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުންނެވެ. އެ އާޔަތާއި އަދި އާޔަތުގެ ދިވެހި ތަރުޖަމާ ތިރީގައި މިވަނީއެވެ.

އާނިމްއަކީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ ހާލަތަކާއެކީ ދުނިޔެއަށް އުފަންވެފައިވާ މީހެކެވެ. އެއީ މައިބަދައިގެ ތިރީބައި އުފެދި ބޮޑު ނުވުމުގެ ހާލަތަވެ. ގާރީ ޢާނިމް ވާރލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ފެނިފައިވަމީ އޮސްކާގެ ބައިނަލްއަގިވާމީ އެވާރޑް ކާމިޔާބު ކޮށްފައިވާ، އެމެރިކާގެ މަޝްހޫރު އެކްޓަރ މޯރގަން ފްރީމޭންއާއެކީ އެވެ.
މަޝްހޫރު އެކްޓަރ ފްރީމޭން ފުރިހަމަ ކޮށްދީފައިވަނީ މުބާރާތް ފެށުމުގެ ގޮތުން އޮތް ހުށެހެޅުމުގެ ފުރަތަމަ ބައެވެ. މި ރަސްމިއްޔާތުގެ މި ބަޔަށް ދީފައިވާ ނަމަކީ "ގޮވާލުން، ބެލުންތެރިންނަށް ކިޔައި ދިނުން: އަހަރެމެން އެންމެންވެސް މިރޭ މިތާ މިތިބީ އެންމެންވެސް އެއް ގަބީލާއަކަށް ނިސްބަތްވާތީ،" މި ހެންނެވެ.
ހަމަ އެކަނި އެންމެ މަގެއް އިޚްތިޔާރު ކޮށްފިނަމަ، އެތައް ގައުމެއް، އެތައް ބަހެއް އަދި އެތައް ސަގާފަތެއް އެއްތަން ވާނީ ކިހިނެއް؟
ސްޓޭޑިއަމަށް އެއްވެ ތިބި މީހުންނާ މުޚާތަބްކޮށް ވާހަކަ ދައްކަމުން ފްރީމޭން ވިދާޅުވެފައި ވެއެވެ.
މި ތަނުގައި އަހަރެމެން އެންމެންނަަށްވެސް ދައުވަތު މިދެނީ އަހަރެމެންގެ ގެއަށް.
ވާރލްޑް ކަޕް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮތް ސްޓޭޑިއަމް، ބައުތު އަލް ޝަ’އާރަށް ނިސްބަތްކޮށް ގާރީ ޢާނިމް ވިދާޅުވެފައި ވެއެވެ. މި ސްޓޭޑިއަމް ޑިޒައިން ކޮށްފައިވަނީ އަރަބިއަން ޕެނިންސޫލާގައި ބޯހިޔާވަހިކޮށް ފޯރުކޮށް ދިނުމަށް ބޭނުންކުރި ޓެންޓްތުތައް އަސްލަކަށް ބަލައިގެންނެވެ.
އަހަރެންނަށް އިވިގެން ދިޔައީ ރީތި ވާހަކަތަކެއް. އެއީ ހަމައެކަނި މިއުޒިކެއް ނޫން. އެއީ އުފާ ފާޅުކުރުމަށް ގޮވާލި ގޮވާލުމެއް.
މަޝްހޫރު ތަރި ފްރީމޭން ގާރީ ޢާނިމްއަށް ޖަވާބުދެމުން، އެއްވެ ތިބި މީހުންނާ މުޚާތަބްކޮށް ވިދާޅުވިއެވެ.
އެއަށްފަހު އެއްވެ ތިބި މީހުންނާ މުޚާތަބްކޮށް ފްރީމޭން ވިދާޅުވެފައިވަނީ، "ފުޓުބޯޅައަށް ގައުމުތަކުން ކުރާ ލޯއްބެއްގެ ސަބަބުން އެ ގައުމުތައް އެއްބައިވަންތަ ކުރުވާ،" ކަމުގައެވެ.
ގައުމުތައް އެއްބައިވަންތަ ކުރުވާނަމަ، މުޖުތަމަޢުތައްވެސް އެއްބައިވަންތަ ކުރުވާނެ.
މަޝްހޫރު ފިލްމީތަރި ފްރީމޭން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ