ކައްދޫ އެއަރޕޯޓުގެ އެމްޑީއަކަށް ކާނަލް އިސްމާއިލް ނަސީރު ހަމަޖައްސަވައިފި

ކައްދޫ އެއަރޕޯޓުގެ އެމްޑީއަކަށް ކާނަލް އިސްމާއިލް ނަސީރު ހަމަޖައްސަވައިފި

ގުޅުންހުރި

ކައްދޫ އެއަރޕޯޓު ކޮމްޕެނީގެ ބޯޑު މެމްބަރުކަމަށާއި އަދި އެމްޑީގެ މަގާމަށް ކާނަލް އިސްމާއިލް ނަސީރު ހަމަޖައްސަވައިފިއެވެ. އޭނާ އެ މަގާމަށް ހަމަޖައްސަވާފައިވަނި މީގެ ކުރިން އެ މަގާމްގައި ހުންނެވި ކާނަލް އަހުމަދު ޝަރީފްގެ ބަދަލުގައެވެ.

ކާނަލް އިސްމާއިލް ނަސީރު ކައްދޫ އެއަރޕޯޓުގެ ބޯޑު މެމްބަރުކަމަށް އަދި އެމްޑީކަމަށް ހަމަޖައްސެވިކަން އިއުލާންކޮށް ކުރި ޓުވީޓުގައި ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފައިވަނީ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ އެމް.ޑީ.ގެ މަޤާމުގައި ހުންނަވައިގެން، ކާނަލް އަޙްމަދު ޝަރީފު، އެކުންފުނީގެ ބޯޑަށާއި ކުންފުންޏަށް ކޮށްދެއްވި ޚިދުމަތް ޝުކުރުވެރިކަމާއެކު އެ ބޯޑުން ބަލައިގަންނަ ކަމުގައެވެ.

އެ ކުންފުނީގެ ބޯޑަށް މި އައި ބަދަލާއެކު، މިހާރު ކުންފުނީގެ ބޯޑުގައި ތިއްބެވީ ޗެއާރމަން ހަސަން ޒަމީލާއި، ޒަކަރިއްޔާ މަންސޫރާއި، މުހައްމަދު އިމާދު ހަމީދާއި، ހުސެއިން އަލީއާއި، އަހުމަދު ވަހީދާއި، އާމިނަތު އަލީއާއި އަހުމަދު ޝިފާޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ