ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ވާލްޑް ކަޕް ފެށުމަށް ޤަތަރުން ތައްޔާރު ވެއްޖެ

ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ވާލްޑް ކަޕް ފެށުމަށް ޤަތަރުން ތައްޔާރު ވެއްޖެ

މެދުއިރުމަތީގެ އަރަބި ގައުމެއްގައި ބޭއްވޭ އެންމެ ފުރަތަމަ ވާރލްޑް ކަޕް ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ފެށުމަށް އެގައުމުން ތައްޔާރު ވެއްޖެއެވެ.

މި ގޮތުން މިރޭ 9:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ޤަތަރު އަދި އިކުއެޑޯރގެ މެޗްގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ، މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތަށް މީހުން މިހާރުވަނީ ޖަމާވާން ފަށާފައެވެ.

1930 ވަނަ އަހަރު ވާރލްޑް ކަޕް މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް 21 މުބާރާތް ބާއްވާފައިވާއިރު، މިއީ އަރަބި އިސްލާމީ ގައުމެއްގައި ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި މިއީ ޤަތަރަށް މި މުބާރާތުގައި ކުޅުމަށް ލިބޭ ފުރުތަމަ ފުރުސަތުވެސްމެއެވެ. އެހެންކަމުން މި މި މުބާރާތް ވެގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކާއެކު، އަދި މޮޅެތިން ކުޅުންތެރިންނާއެކު ފުޓުބޯޅައިގެ ތަޖުރިބާ ކޮށްލުމަށް ޤަތަރަށް ލިބިގެންދާ ފުރަތަމަ ފުރުސަތު ކަމުގައިވެސްމެއެވެ.

ޤަތަރުން އެންމެ ފުރަތަމަ ރަސްމީ މެޗެއް ކުޅެފައިވަނީ 1970 ވަނަ އަހަރުއެވެ. އެހެންނަަމަވެސް ފަހަކަށް އައި ފުޓުބޯޅަ ވެގެން ގޮސްފައިވަނީ އެގައުމުގެ ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރަކަށެވެ.

އެތައް ގޮތަކުން ބަލާއިރު، މިފަހަރު ޤަތަރުގައި ބޭއްވޭ ވާރލްޑް ކަޕް މުބާރާތް ވެގެންދަނީ ޚާއްސަ މުބާތަކަށެވެ. މިގޮތުން އާންމު ގޮތެއްގައި ފާއިތުވެދިޔަ ތަނުގައި ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބޭއްވިފައިވަނީ މޭ، ޖޫން އަދި ޖުލައިމަހުއެވެ. އެއީ ގިނަ ގައުމުތަކަށް ފިނި މޫސުމުގައި މުބާރާތް ނުބޭއްވުމަށްޓަކައެވެ.

އެހެންނަމަވެސް އެ ދުވަސްވަރަކީ ޤަތަރުގައި ހޫނުމިން 40 ޑިގްރީއަށް މަތިވެގެންދާ ދުވަސްވަރަކަށް ވުމާއެކު މިފަހަރުގެ މުބާރާތް ބޭއްވެނީ ގިނަ ގައުމުތަކަށް ވިންޓަރގއެވެ. އެހެންނަމަވެސް މި ދުވަސްވަރުވެސް ޤަތަރުގެ ހޫނުމިން ހުންނާނީ 30 ޑިގްރީގައި ކަމަށް ވުމާއެކު، ސްޓޭޑިއަމްތަކުގައި ވަނީ ހައިޓެކް ކޫލިން ސިސްޓަމްތައް ބެހެއްޓިފައެވެ.

ވާރލްޑް ކަޕްގެ މިހާތަނަށް ބާއްވާފައިވާ 21 މުބާރާތުގެ ތެރެއިން މި މުބާރާތަކީ އިސްލާމީ ގައުމެއްގައި ބޭއްވޭ ފުރަތަމަ މުބާރާތް ކަށްވުމުން، މުބާރާތް އިންތިޒާމްކުރާ ފަރާތަށްވަނީ މީގެ ކުރިން ކުރިމަތި ނުވާ ބައެއް މައްސަލަތަކާވެސް ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި، އާންމު ގޮތެއްގައި މުބާރާތް ބާއްވާއިރު، މެޗްތައް ބަލާ ފަރާތްތަކަށް ރާބިއުމުގެ ފުުރުސަތު ހުޅުވާފައި އޮންނަ ނަމަވެސް، މިފަހަރުގެ މުބާރާތުގައި މެޗް ކުޅޭ ސްޓޭޑިއަމްތަކުގައި ރާބުއިން ވަނީ މަނާ ކުރެވިފައެވެ.

އޭގެ ބަދަލުގައި ރާ ވިއްކަމަށް ޚާއްސަ ކުރެވިފައިވަނީ ކަނޑައެޅިފައިވާ ވަކި ސަރަހައްދު ތަކެއްގައެވެ.

ޤަތަރުން މި މުބާރާތައް ތައްޔާރު ވަމުން ދާތާ 12 އަހަރު ވެފައިވާއިރު، މުބާރާތަށް ވަނީ 300 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *