ވޯލްޑް ކަޕް ކުރިއަށް ދާއިރު ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރަން މައުމޫން ގޮވާލައްވައިފި!

ވޯލްޑް ކަޕް ކުރިއަށް ދާއިރު ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރަން މައުމޫން ގޮވާލައްވައިފި!

Author
ޢަލީ އާދަމް
20 ނޮވެމްބަރ 2022 09:57
0

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އެއް ޢީދުކަމަށްވާ، ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް ކުރިއަށް ދާއިރު ޓީމުތަކުގެ ނަންތަކާއި ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރަން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ވަނީ މިކަން ހާމަކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. ރައީސް މައުމޫނަކީ ކުޅިވަރަށް ވަރަށްބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޚާއްސަކޮށް އެމަނިކުފާނަކީ ފުޓްބޯޅަ ބެލުމަށް ވަރަށްބޮޑަށް ލޯބިކުރައްވައި އެކަމަށް ވަގުތު ހޭދަކުރައްވާ ބޭފުޅެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބު ލިވަޕޫލުގެ ރާއްޖޭގެ އެންމެ ވަރުގަދަ ސަޕޯޓަރަކީވެސް އެމަނިކުފާނެވެ. ލިވަޕޫލްގެ ރާއްޖޭގެ ފޭންކްލަބާއެކު ބައެއް މުހިންމު ޙަރަކާތްތަކުގައިވެސް ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވައެވެ.

ފުޓްބޯޅައަކީ އެމްނިކުފާނު އެންމެ ބަލާ ހިތްވާ، އަދި ކުޅޭ ހިތްނުވާ ކުޅިވަރުކަމުގައި އެމަނިކުފާނު ވަނީ ކުރިން މީޑިއާގައި ވިދާޅުވެފައެވެ. އަދި ޒުވާން ޢުމުރުފުޅުގައި މިޞްރުގައި ކިވަވާ ވިދާޅުވާން އުޅުއްވިއިރު ބްރެޒިލް ކުޅުނު ފުޓްބޯޅަ މެޗެއް ބައްލަވަން ވަޑައިގެންނެވި ކަމަށާ، އެދުވަހުގެ ފަހުން ބްރެޒިލްއަށް ސަޕޯޓުކުރައްވާކަން ރައީސް މައުމޫންވަނީ ކުރިން ހާމަކުރައްވާފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޓު ބްރެޒިލްގެ ޕެލޭއަށް ތައުރީފްކުރައްވައި ރައީސް މައުމޫންވަނޫ ކުރިން ވާހަކަފުޅުދައްކަވާފައެވެ.

މިއަހަރުގެ ވޯލްޑްކަޕްގެ މެޗުތައް މިރޭ ފަށާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު ޤަޠަރާއި އިކްއެޑޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމާ
ގައުމުގަ ވައްކަމާ ފޭރުމާ މަސްތުވާތަކެތީގެ މައްސަލަ ތައް ހުރިއިރު މި މައުމޫނު އަކަށްނޭގުނުތަ މި ވާހަކަ ނޫން ވާހަކަ އެއްދައްކާކަށް