އެމްޑީޕީގެ ދެ ފެކްޝަން އެއް ފެކްޝަނުން އަނެއް ފެކަޝަނަށް ވަނަން ދިނުމުގައި އަވަދި ނެތި!

އެމްޑީޕީގެ ދެ ފެކްޝަން އެއް ފެކްޝަނުން އަނެއް ފެކަޝަނަށް ވަނަން ދިނުމުގައި އަވަދި ނެތި!

Author
ހުސެއިން
19 ނޮވެމްބަރ 2022 06:36
0

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކުގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ކުރެވެމުންދާ ބަހުސްތަކާއި ޒުވާބުތަކުގެ ތެރެއިން މަޖިލިސް މެމްބަރުން އެއް ފެކްޝަން އަނެއް ފެކްޝަނަށް ނަންދީ ވަނަމުން މުޚާތަބް ކުރަން ފަށައިފިއެވެ.

މިގޮތުން ޕާޓީ ދެބަޔަކަށް ބެހި، ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ފަހަކަށް އައިސް ދަނީ މެދުނުކެނޑި ސޯޝަލް މީޑިއާގައި ޒުވާބު ހިނގަމުންނެވެ. މީގެ ތެރެއިން ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކަކީ ވަކި ފެކްޝަނެއްގެ ކަމުގައި ގަބޫލުރާކަމަށް ބުނެ އެންމެ ފުރަތަމަ އެ ފެކްޝަނަށް ނަންދީފައިވަނީ، ނަޝީދު ހިންގާމުންދާކަމަށް ގިނަބަޔަކު ގަބޫކުކުރާ ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ ޓުވިޓަރ ހޭންޑްލްއިންނެވެ.

އެހޭންޑްލްގައި ލިޔެފައިވަނީ ނަޝީދުގެ ފެކްޝަނަކީ އެންޓި-ކޮރަޕްޝަން ފެކްޝަންކަމަށާއި، ރައީސް ސާލިހުގެ ފެކްޝަނަކީ ގަރުދިޔަ މަސާލާ ފެކްޝަން ކަމަށެވެ.

މި އެކައުންޓަށް ރައްދު ދެމުން އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރައީސް ނަޝީދުގެ ފެކްޝަނަށް ކިޔަންވީ ވެރިކަމަށް ދަންޖެހޭ ފެކްޝަން" ކަމަށެވެ.

ރޮޒައިނާގެ ޓުވީޓަށް ރައްދު ދެމުން އުނގޫފާރު ދާއިރާގެ މެމްބަރު ވަނީ "މިއީ އެއްގޮތަކަށްވެސް ވެރިކަން ބޭނުންނުވާ ފެކްޝަނުގެ ބޭފުޅެއް." ކަމަށް ވިދާޅުވެ ރޮޒެއިނާއަށް ރައްދު ދީފައެވެ.

އެމްޑީޕީގެ ދެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެއްފެކްޝަނުން އަނެއް ފެކްޝަނަށް ވަނަމުން މުޚާތަބް ކުރާން ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓުތަކުގައިވެސް ދެ ފެކްޝަނުން ވޯޓު ދެމުންދަނީ ވަކިންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލިހުގައި އެންމެ ފަހުން ނެގުނު ޓެކްސް ބިލުގެ ވޯޓުގައި ނަޝީދަށް ތާއީދުކުރާ ފެކްޝަން މެމްބަރުން ބިލާއި ދެކޮޅަށް ވޯޓު ދީފައިވާއިރު އޭގެ ތެރޭގައި ހިމެނިގެން ދިޔައީ 14 މެމްބަރުންނެވެ. ސަރުކާރާ އެއްކޮޅަށް ވޯޓު ދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ 51 މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ތިޔަގޮތަށްޕާޓީހަލާކުކުރަން އަމިއްލައެދުމަށްމަސައްކަތްކުރާކައްނޫނޭ އާއްމުރައްޔިތުން ތިޔްކުފޫހަމަނުވާމީހުންހޮވީހަސަދައަކީކިހާވަރެއްގެއެއްޗެއްކަން އަމިއްލައަށްއިއްޒަތްޤާއިމުކޮށްގެންތިބިއިންސާނުންނަކަށްނޭގޭތަ ނޭންގޭނަމައަވަހަށްއިސްތިއުފާދީފައިގެއަށްދިއުންމާރަނގަޅުވާނެ ހަސަދައާފިތުނައާމަކަރުން ހިތާއިމެޔާފުރައިފިއްޔާ ަ މަސަލަހުންއެއްމެހިނދުކޮޅަކަށް ނަފުސުގައި މޭނުހުންނާނޭ