ފައިނޭންޝިއަލް ޖަރނަލިޒަމް ވޯކްޝޮޕް ބާއްވައިފި

ފައިނޭންޝިއަލް ޖަރނަލިޒަމް ވޯކްޝޮޕް ބާއްވައިފި

ގުޅުންހުރި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހި ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް "ފައިނޭންޝިއަލް ޖަރނަލިޒަމް ވޯކްޝޮޕް" އެއް ބާއްވައިފި އެވެ.

މަންހަޓާން ބިޒްނަސް ހޮޓެލެސްގައި ކުރިއަށްދިޔަ މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ފައިނޭންސް ގުޅޭ ހަބަރުތައް ރިޕޯޓްކުރާނެ ގޮތާއި ގުޅޭ ގޮތުން ކުރިއަށްދިޔަ ވޯކްޝޮޕެކެވެ.

5 ސެސަން އަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ނަންގަވައިދެއްވީ ބީއެމްއެލްގެ ފަރާތުން ތަޖުރިބާކާރު ބޭފުޅުންނެވެ. މީގެ ތެރޭގައި ހިމެނެނީ، ބިޒްނަސް އެންޑް ބެންކިން ޕްރޮޑަކްޓް، ރީޓެއިލް ޑިޖިޓަލް ސާރވިސަސް، ޕްރެވެންޓަން އޮފް މަނީ ލޯންޑްރިންގ އެންޑް ޓެރަރިޒަމް ފައިނޭންސިންގް، ފައިނޭންސިއަލް ޖާރނަލިޒަމް އެންޑް ފައިނޭންޝިއަލް ރިޕޯޓިންގް އަދި އެވެއާނެސް އޮން ސްކޭމް އެންޑް ފްރޯޑްސް އެވެ.

ޥާރލްޝޮޕްގެ ބައެއް ބައިވެރިން

މި ސެޝަންތައް ނަންގަވައިދެއްވީ، އަލީ ފާރިސް ހަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސް އެމް އީ ބެންކިންގ)، ބަދުރުއްދީން ހަސަން (ހެޑް އޮފް ރީޓެއިލް ބޭންކިގް އެންޑް ކާރްޑްސް)، އަލީ ޒައިދު މުޙައްމަދު (ކޮމްޕްލިއަންސް މެނޭޖާރ)، ޝަމްހީދު އަލީ (ޑެޕިއުޓީ ޗީފް ފައިނޭންޝިއަލް އޮފިސަރ) އަދި މުޙައްމަދު ހަމީމް (ކޮންޓެކްޓް ސެންޓަރ މެނޭޖަރ) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ