ނަރީޝްއާއި އަބުދުﷲ ރަޝީދުގެ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި: ދައުލަތް

ނަރީޝްއާއި އަބުދުﷲ ރަޝީދުގެ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި: ދައުލަތް

މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި، ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަސް ނަފީކުރުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުންތަކުގެ ލިޔުންތަކުގެ ތަފްސީލު ހުށަހަޅުއްވަމުން، ޔާމިންގެ ދިފާއުގައި ހެކިބަސް ދިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އަބުދުﷲ ރަޝީދުގެ ހެކިބަހުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށް މިއަދު ޝަރީއަތުގައި ދައުލަތުން ވިދާޅުވެއްޖެއެވެ.

ޝަރީއަތުގެ މި މަރުހަލާގައި ހެއްކާއި ބެހޭގޮތުން އިތުރު ލިޔުންތަކެއް ހުށަހެޅިގެން ނުވާނެކަމަށް ދިފާއީ ވަކީލުން ބުނަމުން ދިޔަނަމަވެސް، ދިފާއީ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް ދައުތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ގާޒީ ނިންމުމާއި ގުޅިގެން ދައުލަތުން މިއަދު ވަނީ ދިފާއީ ހެކިންގެ ޝަރިއަތުގައި މަޖިލިހުގައި ދީފައިވަ ހެކިބަސް ނަފީ ކުރުމުގެ ގޮތުން ގިނަ ވާހަކަަތައް ދައްކަވާފައެވެ.

މިގޮތުން ޔާމިންގެ ދިފާއުގައި ހެކިބަސް ދިން ފަރާތްތަކުގެ ދިން ހެކިބަސް ނަފީކުރުމަށް ދައުލަތުން ދެއްކެވި ވާހަކަތަކުގައި ތެރޭގައި ވަނީ ދިފާއީ ހެކިން ކަމުގައިވާ އަހުމަދު ނަރީޝްއާއި އަބުދުﷲ ރަޝީދު ދެއްވާފައިވާ ހެކިބަހުގައި ހުރި ބޮޑެތި ފުށުއެރުންތައް ފާހަގަ ކޮށްފައެވެ.

އޭގެ ތެރޭގައި، ދައުލަތުން ފާހަގަ ކުރި ގޮތުގައި، ޔޫސުފް ނައީމްއާއި ހަވާލުކުރުމަށް ރައީސް ޔާމިން ހަވާލުކުރި ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާއަށްވާ އެފައިސާ ހުރީ ބޮޑިތަކެއްގައިކަމަށް އަހުމަދު ނަރީޝް ހެކިބަސް ދެމުން ބުނެފައި ވާކަމަށެވެ. އަދި ޑިރެކްޓް އެގްޒަމިނޭޝަންގަ އެއީ ކިތައް ބޮޑިތޯ އަހުމަދު ނަރީޝްއާއި ސުވާކުރިކަން ފާހަގަ ކުރަމުން ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި އެއީ ކިތައް ބޮޑިކަން ނޭގޭކަމަށް ނަރީޝް ޖަވާބު ދިން ކަމަށެވެ. އަދި އެއީ ކިތައް ބޮިުކަން ނޭގެ ކަމަށް ވާނަމަ ބޮޑިތަކުގައި ހިމެނުނީ ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާކަން ހެކިވެރިޔާއަށް އެގުނީ ކިހިނެއްތޯ ދައުލަތުގެ ވަކީލު ސުވާލުކުރުމުން، އެކަން އެގުނީ ނަރީޝްއާއި އަބުދުﷲ ރަޝީދާއި ދެމީހުން ޔާމިންގެ އަރިހުގައި އެފައިސާ ގުނުމުން ކަމަށް ނަރީޝް ބުނެފައިވާ ކަމަށެވެ.

ފައިސާ ދެދަބަހުގައި ހުއްޓާ ފައިސާ ނަގާ ގުނީކަމަށް. އެގޮތަށް ހެކިބަސް ދެއްވާފައި އެބަވޭ. އޭގެ އިތުރަށް ޔޫސުފް ނައީމާއި ފައިސާ ހަވާލު ކުރުމުން ޔުސުފް ނައީމްވެސް އެފައިސާ ގުނިކަމަށް ހެކިވެރިޔާ އަހުމަދު ނަރީޝް ހެކިބަސް ދީފައި މިވަނީ. ފައިސާ ގުނީ ކިހިނެެއްތޯ ކްރޮސް އެގްޒަމިނޭޝަންގަ ސުވާލުކުރިން. ސުވާލު ކުރީމަ ހެކިވެރިޔާ ދެއްވި ޖަވާބަކީ، ފައިސާ ގުނީ ފައިސާ ގުނާ ގޮތަށް ކަމަށް. ފައިސާ ގުނާ ގޮތަކީ އަތުންކަމަށް. އަތުން ކަމަށް ފައިސާ ގުނާފަ މިވަނީ. ދެން ދައުލަތުން ކްރޮސް އެގަޒަމިނޭޝަންގެ ސުވާލު ކުރިން އެހާ ގިނަ އަދަދެއްގެ ފައިސާ އަތުން ގުނި އިރު ކިހާ ވަގުތެއް އެކަމަށް ހޭދަވިތޯ. ހެކިވެރިޔާއަށް އެ ސުވާލަށް ޖަވާބު ދެއްވާކަށް ނޭގުނު.

ރައީސް ޔާމިން އޭނާއާއި ހަވާކުރި ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާ ގުނީ ކިހިނެއްކަން ސާފުކުރުމަށް ދައުލަތުން ކުރި ސުވާކުތަކަށް ނަރީޝް ދިން ޖަވާބުތައް ދެކޮޅު ނުޖެހޭކަމަށް ވިދާޅުވަމުން ދައުލަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައި ވެއެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާ ކުޑަ ވަގުތުކޮޅެއްގެ ތެރެގައި ގުނުމަކީ ކުރެވިދާނެކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ.

އޭގެ އިތުރުން މިއަދުގެ އަޑުއެހުމުގެ ދައުލަތުން ވިދާޅުވެފައިވަނީ އެހެން ދުވަހަކު ޝަރީއަތަށް ހާޒިރު ކުރެވުނު ދިފާއީ ހެކިވެރިޔާ އަބުދުﷲ ރަޝީދުގެ ހެކިބަހުގއިަ، ނަރީޝްގެ ހެކިބަހުގައި ދައްކާފައިހުރި ބުއްދި ހަމަނުޖެހޭ ވާހަކަަތައް ފޫބެއްދުމަށް މަސައްކަތް ކުރިތަން ޝަރީއަތުގެ މަޖިލިހުގައި ފެނިގެން ދިޔަކަމަށެވެ. މިގޮތުން، ދައުލަތުން ފާހަގަ ކުރި ގޮތުގައި ފައިސާ ގުނީ ކިހިނެއްތޯ ކްރޮސް އެގްޒަމިނޭޝަންގަ ދައުލަތުން އަބުދުﷲ ރަޝީދުއާއިވެސް ސުވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ސުވާލުކުރުމުން، ފައިސާ ގުނީ އަތުންކަމަށް، އެހެންނަމަވެސް ގުނީ ފައިސާ ބޮނޑިތައްކަމަށް މިފަހަރު ދެވަނަ ހެކިވެރިޔާ ޖަވާބު ދެއްވީ. އެހެންނަމަވެސް އަހުމަދު ނަރީޝް ވަރަށް ސާބިތުކަމާއެކު ޖަވާބު ދެއްވީ ފައިސާގުނީ ފައިސާ ގުނާގޮތަށް އަތުންކަމަށް. އެހެންވީމަ ބުއްދި ހަމަނުޖެހޭ ވާހަކައެއް ފުރަތަަމަ ހެކިވެރިޔާގެ ވާހަކާގައި ބުނެވުނީމަ ދެވަނަ ހެކިވެރިޔާ ދެވަނަ ދުވަހު ހާޒިރުވެ އެކަން ފޫބެއްދުމަށް މަސައްކަތް މި ކުރެއްވީ.

ދައުލަތުން މިއަދު ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުންވެސް ދަލަތުން ވިދާޅުވި ގޮތުގައި، އަބުދުﷲ ރަޝީދުގެ ހެކިބަހުގައި ބޮޑިތައް ގުނިކަމަށް ބުނެފައިވާއިރު ބޮޑިތަކުގައި ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާ ހުރިކަން ޔަގީންކުރީ ކޮންގޮތަކުންތޯ ސުވާކުރުމުން އެކަން ޔަގީންވަނީ ރައީސް ޔާމިން އެގޮތަށް ވިދާޅުވުމުންކަމަށް ބުނެފައިވާ ކަމުގައެވެ.

އަދި ޔޫސުފް ނައީމްވެސް ގުނުއްވީ ބޮޑިތައް ކަމަށާއި، ޔާމިން ދެއްވި ލިޔުމުގައިވެސް ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާކަމަށް އޮތީމަ ރައީސް ޔާމިނަށް އިތުބާރު ކުރައްވާކަމަށް ޔޫސުފް ނައީމް ވިދާޅުވިކަމަށް އަބުދުﷲ ރަޝީދު ހެކިބަސް ދެމުން ބުނެފައިވާކަމަށް ދައުލަތުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް، ދައުލަތުން ވިދާޅުވި ގޮތުގައި، ނަރީޝްއާއި އަބުދުﷲ ރަޝީދުއާއި ދެހެކިވެރިންގެ ހެކިބަހުގައި ފުށުއެރުން ހުރިއިރު، އެއް މިލިއަން ޑޮލަރު ޗެކަކުން އެކައުންޓަށް ޖަމާކުރުމަށް ފަހު، އޭގެ ބަދަލުގައި ލިބުނު ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިސާސް ރުފިޔާ ހަމަ އެކަނި ބޮޑިން ގުނާފަ، އިތުބާރު ކޮށްފަ އެހާތަނުން ނިންމާލުމަކީ ސަބަބުވެރި މީހެއްގެ ވިސްނުމަށް ގަބޫކުރެވޭ ކަމެއް ނޫންކަމުގައެވެ.

މީގެ އިތުރުންވެސް މިއަދުގެ ޝަރީއަތުގައި ދައުލަތުންވަނީ ޔާމިންގެ ދިފާއުގައި ހެކިބަސްދިން އެހެން ހެކިންގެ ހެކިބަސް ނަފީކުރުމުގެ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާ ހެކި ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *