6ރ އަށް ލިބޭ ކިރުޕެކެޓް މިއަދު ލިބުނީ 10ރ އަށް: ޢަލީ ޙުސައިން

6ރ އަށް ލިބޭ ކިރުޕެކެޓް މިއަދު ލިބުނީ 10ރ އަށް: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2022 09:53
0

ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން އަންނާތީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ފާޑުވިދާޅުވެއްޖެއެވެ. ޢަލީ ޙުސައިން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. މިއާއެކު ތަކެތީގެ އަގު އަނެއްކާވެސް އިންތިހާއަށް އުފުލިދާނެކަމަށް ވަނީ ބެލެވިފައެވެ.

ޢަލީ ޙުސައިން ވިދާޅުވީ،މި ހާރުވެސް އަގުތައް އުފުލިއްޖެކަމަށާއި، ކުރިން 6 ރުފިޔާއަށް ލިބުނު މިލްކް ޕެކެޓް މިއަދު ހެނދުނު ލިބުނީ 10 ރުފިޔާއަށް ކަމަށެވެ.

ތެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސް ތަސްދީޤްކުރެއްވުމުން %6ގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) %8އަށް ބޮޑު ވާނެއެވެ. އަދި މިހާތަނަށް %12ގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) %16އަށް ބޮޑުވާނެއެވެ.

މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިބިލާ ދެކޮޅަށް އިިކޮޅު ފަރާތްތަކުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންވެސް މިބިލާ ދެކޮޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިޔާމީހާ
މިއީ ފަޤީރުން އިތުރަށް ފެލާލަން ފާސްކުރިބިލެއް.ދެން ނުކައި ނުބޮއިތިބެންވީ.މުއްސަދިން އެކަނި ދުނިޔޭގައުޅެންޖެހޭނީ.