ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ހުރި ދަންޑަހެލު މަހާނަކަމަށް ބުނާ މަހާނަ، 2017ވަނަ އަހަރު މަރާމާތުގެ މަސައްކަތަކަށް މިސްކިތް ބަންދުކޮށްފައި އަލުން ހުޅުވިއިރު މިމަހާނަ ފެންނާކަށް ނެތް.

ދަންޑަހެލު މަހާނަ ގެއްލުނު މައްސަލާގައި ފިޔަވަޅު އެޅޭނެގޮތެއް ނެތް: ޔުމްނާ

ދަންޑަހެލު މަހާނަ ގެއްލުނު މައްސަލާގައި ފިޔަވަޅު އެޅޭނެގޮތެއް ނެތް: ޔުމްނާ

މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުރި ދުވާފަރު ދަންޑަހެލުގެ މަހާނަކަމަށް ބުނާ މަހާނަ ގެއްލުނު މައްސަލާގައި އެޅޭނެ ފިޔަވަޅެއް ޤާނޫނީގޮތުން ނެތްކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޙީދު ކުރެއްވި ސުވާލަކީ 2017ވަނަ އަހަރު ބިހުރޯޒް ކަމަނާ މިސްކިތް މަރާމާތުކުރުމަށް ބަންދުކޮށްފައި ހުޅުވިއިރު ދަންޑަހެލު މަހާނަ ގެއްލުނުމައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ބެހޭގޮތުންނެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަނަ އެއީ ޤައުމީ ދުވަހުގެ ބަޠަލް އުތީމު ބޮޑުތަކުރުފާނުގެ އަރިހުގައި ޖިހާދުކުރެއްވި ބަޠަލް ދުވާފަރު ދަންޑަހެލުގެ މަހާނަކަން އެނގޭނެ އެއްވެސް ތާރީޚީ ހެއްކެއް ނެތްކަމަށެވެ. އެހެންނަމަވެސް ބައެއް މީހުން އެމަހާނައަށް އެހެން ކިޔައި އުޅޭކަމަށާ، އެއީ އެއްވެސް ހެއްކެއް އޮތް ކަމެއް ނޫންކަމަށެވެ. އަދި އެމަހާނައަކީ އެއްވެސް އިރެއްގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައިސްފައިވާ މަހާނައެއްވެސް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤާނޫނީގޮތުން ބަލާއިރު، ސަޤާފީ ތަރިކަ ރައްކާތެރިކުރުމާބެހޭ ޤާނޫނަކީ މި މަހާނަ ގެއްލުމުގެ ޙާދިސާގެ ފަހުން ވުޖޫދުވެފައިވާ އެއްޗަކަށްވާތީ ޤާނޫނީ ފިޔަވަޅެއް އެޅޭނެ ހަމައެއްވެސް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ ވަނީ ތާރީޚީގޮތުން ބިހުރީޒު ކަމަނާ މިސްކިތް ސަރަހައްދަށް އައި ބަދަލުތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ބިހުރޯޒު ފާށަނާކަލޯގެ (ފަހުގެ ނަމުން ނަމަ ބިހުރޯޒުކަމަނާ) މިސްކިތުގެ ހަރިންމަތެރޭގައި ހުރި ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ބަތަލުންގެ ތެރޭގައި ހިމެނޭ ދުވާފަރު ދަންޑަހެލު އަލީގެ މަހާނަ، 2017 ގައި އެމިސްކިތް ބަންދުކޮށްފަ ހުޅުވިއިރު ގެއްލިފައިވާކަމަށްބުނެ ތާރީޚާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް ވަކާލާތުކުރާ ބޭފުޅުން ފާޑު ކިޔާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *