ފީފާ ވޯލްޑްކަޕްގެ ތަށި މިވަގުތު ހުރީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. ކޮންމެ އަހަރުކު ވެސް މުބާރާތް ބޭއްވުމުގެ ކުރިން ފީފާ އާއި ފީފާގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޮކާކޯލާ ގުޅިގެން ޓްރޮފީ އާމުންނަށް ދައްކާލުމުގެ ދަތުރުތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދެއެވެ.
މި ފަހަރު މުބާރަތް ފެށުމުގެ ކުރިން ދުނިޔޭގެ 50 ގައުމަކަށް ތަށި ވަނީ ދައްކާލަން ގެންގޮސްފައެވެ. މި ތަށި ހިފައިގެން ފީފާގެ އެންބެސެޑަރުން ގޮތުގައި އެކި ގައުމަތަކަށް ދަތުރު ކުރާނީ މި މުބާރާތުގައި ތަށީ އުފުލާލާފައިވާ ކުޅުންތެރިންނަށް އެކަންޏެވެ. މުބާރާތް ކާމިޔާބު ކުރި ތަރިއެއްގެ ހައިސިއްޔަތުން ސްޕޭންގެ ޑޭވިޑް ވިޔާ ވަނީ ގަތަރަށް ތަށިގެންދިޔުމުގެ ކުރިން އެންމެ ފަހު މަންޒިލަކަށް ސައުދީ އަރަބިއްޔާ ތަށި ގެންގޮސްފައެވެ. ސައުދީން ގަތަރަށް މިތަށި ގެންދިޔައިރު މި ފަހަރު މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާ އަކީ ގަތަރާ އެންމެ ގާތުގައި އޮތް ގައުމެވެ.
މުބާރާތުގެ ރަސްމީ ތަށި ގަތަރަށް މިގެން ދިޔައީ އަންނަ އާދިއްތަ ދުވަހުގެރޭ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އާމުންނަ ދައްކާލުމަށެވެ.