ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް އިދިކޮޅުން އިހުތިޖާޖުކޮށްފި

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް އިދިކޮޅުން އިހުތިޖާޖުކޮށްފި

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މަޖިލީހުން ބިލް ފާސްކުރުމަށް ދެކޮޅަށް ދެކޮޅު ހަދައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖުކޮށްފިއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލަށް މިއަދު ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުގައި ވޯޓަށް އަހަން ބޭނުންވާ އަދަދަށް މެމްބަރުން ނެތްކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ވޯޓަށް އަހާފައި ނުވެއެވެ.

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުމަށް މަސައްކަތް ކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ. ނަމަވެސް ފުލުނުން ވަނީ މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާ ކުރަން ޖާގަނުދީ މުޒާހަރާ ކުރި މީހުން ވަރަށް ބޮޑަށް ފަހަތަށް ޖައްސަލާފާއެވެ.

އެއްވި މީހުން ގޮވަމުންދިޔައީ ދައުލަތުގެ ޚަރަދުތައް އިންތިޚާއަށް ބޮޑުވެ، ތަކެތީގެ އަގު އުފުލެމުންދާ މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ އެތައް ބިލިޔަން ފައިސާ ނުހޯދައި ސަރުކާރުން އާންމު ރައްޔިތުންގެ އަތުން ނަގާ ފައިސާ އިތުރުކުރަން އުޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އެއްވި މީހުން ވަނީ ބުނެފައެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *