ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުުހުން ބުނެފައިވަނީ ސައްޚަ ނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި ހީލަތުން މޯބައިލް ފޯނެއް ގަންނަން އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި މާލެއިން ހައްޔަރު ކޮށްފައިވާކަމަށެެވެ.
މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ކޯޓުން ވަނީ ދީފައެވެ. މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
މާލެ ތެރޭގައި ދޭތެރެ ދޭތެރެއިން ވަގު ޑޮލަރު ބޭނުންކޮށްގެން ތަފާތު އެކި މުއާމާލާތް ހިންގުމަށް މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ