ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Author
ޢަލީ އާދަމް
14 ނޮވެމްބަރ 2022 07:49
0

ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރެހެންދި ސްކޫލުގެ ގްރައިންޑު ފްލޯއާއި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓު ބޯޑެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގިކަމަށެވެ. އެހެންނަމަވެސް މާބޮޑަށް އަލިފާން ރޯނުވަނީސް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގޮސް އެތަން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިޙާދިސާ ހިނގީ މިއަދު ހެނދުނު 7:19 ހާއިރުއެވެ.

ފަހަކަށް އައިސް މާލެ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާތައް ހިނގުންވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ މަރުވަފައެވެ. މިނޫނަސް ގޭގޭގެ ގޭސްފުޅިތައް ގޮވުމާއި ކަރަންޓް ޝޯޓުވުންފަދަ ޙާދިސާތަކުގައި ހިނގާ އަލިފާންރޯވުން ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.