"ޖީ ލޭ ޒަރާ" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ!

"ޖީ ލޭ ޒަރާ" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ!

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2022 05:22
0

ބޮލީވުޑްގެ ވަރަށް ކާމިޔާބު ތިން ބަތަލާއިންނާއި ހިމަނައިގެން ހެދުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖީ ލޭ ޒަރާ" ގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ފިލްމުގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

މި ފިލްމުގައި ޕްރިޔަންކާ އާއެކުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި އާލިއާ ބަޓެވެ. އާލިއާ ވަނީ މީގެ 6 ދުވަސް ކުރިން އޭނާގެ އަލަތު ދަރިފުޅު ވިހާފައެވެ. އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރީ މި އަހަރުގެ އެޕްރިލް މަހުއެވެ.

ވިހެއުމަށް ފަހު 6 މަހުގެ ދިގު ޗުއްޓީއެއް އާއިލާ އާއި ރަންބީރު ނަގާނެ ކަމަށް މީޑީއާ ތަކުން ވަނީ ބުނެފައެވެ. ނަމަވެސް މީޑީއާއަށް ދިން އިންޓަވިއުއެއްގައި، ދާދިފަހުން އިންޑިއާއަށް ދަތުރެއްކުރި، ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނީ އެ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ޕްރިޔަންކާ އާއި ލަވަކިއުންތެރިޔާ ނިކް ޖޯނަސް 2018 ވަނަ އަހަރު ކުރި ކައިވެނިން އެމީހުންނަށް ވެސް ވަނީ މިއަހަރު ދަރިއަކު ލިބިފައެވެ. އެމީހުން ދަރިއަކު ހޯދީ ސަރޮގެސީ މައެއް މެދުވެރިކޮށެވެ. ކައިވެންޏަށް ފަހު ޕްރިޔަންކާ އުޅެމުން އަންނަނީ އެމެރިކާގެ ލޮސްއެންޖަލިސް ގައެވެ.

ކާމިޔާބު އެތައް ފިލްމު ތަކަކުން ފެނިފައިވާ މި ދެބަތަލާއިންނަށް ވެސް ލިބިފައިވަނީ އަންހެން ކުދިންނެވެ. ޚަބަރުތައް ބުނާގޮތުގައި ފިލްމު ނުފެށި ލަސްވަމުން ދަނީ މި ތަރިންގެ ހަޔާތުގައި އަންނަ މިފަދަ އުފާވެރި ކަންކަމާއި ގުޅިގެންނެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މިއީ ޒޯޔާ އަޚްތަރާއި ރީމާ ކަގްޓީ ލިޔެފައިވާ ވާހަކައަކަށް ހަދާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

މީގެ އަހަރެއްހާ ދުވަސް ކުރިން މި ފިލްމު ވަނީ އިއުލާން ކޮށްފައެވެ. އަދި ތިން ތަރިންވެސް ފިލްމަށް ސޮއިކޮށްފައިވާ ކަަމަށް ޚަބަރުތައް ބުނެފައިވެއެވެ. ފިލްމުގެ ބަތަލާއިން ކަށަވަރު ވީ ނަމަވެސް ފިލްމުން ފެނިގެންދާނީ ކޮން ބަލަތުންތަކެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.