އެމްއެންޑީއެފްގެ ހިމާޔަތުގައި ޢާއްމު ތަނެއްގައި "ޔޯގާ އަޅުކަން" ކޮށްފިކަމަށް ބުނެފި

އެމްއެންޑީއެފްގެ ހިމާޔަތުގައި ޢާއްމު ތަނެއްގައި "ޔޯގާ އަޅުކަން" ކޮށްފިކަމަށް ބުނެފި

ގުޅުންހުރި

އެމްއެންޑީއެފްގެ ސެކިއުރިޓީގެ ޙިމާޔަތުގައި ހުޅުމާލޭގައި މީހަކު ޔޯގާ އަޅުކަންކޮށްފިކަމަށް ބުނެ ސޯޝަލްމީޑިއާގައި އެކި މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިމަންޒަރު ފެންނަ ވީޑިއޯއެއް އެކިމީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝެއަރކުރަމުންނެވެ. އެވީޑިއޯއާއެކު ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރޭގައި އައްޝައިޚް އާދަމް ނިޝާނާއި އެނޫންވެސް ބައެއް ޝައިޚުން ހިމެނެއެވެ.

މި ވީޑިއޯއިން ފެންނަނީ އިރުއަރާވަގުތު އިރަށް ކުރިމަތިލައިގެން ހުޅުމާލޭ ތޮށި މަތީގައި އިނދެގެން މީހަކު ޙަރަކާތްތަކެއް ކުރާ މަންޒަރެވެ. ވީޑިއޯ ޝެއަރކުރި މީހުން ބުނެފައިވަނީ މިއީ އިއްޔެ ހެނދުނު ހިނގި ކަމެއްކަމަށެވެ. އަދި މިއީ އެމްއެންޑީއެފްގެ ސެކިއުރިޓީއާއި އެކަންކުރިމީހާއަށް ޙިމާޔަތް ދީގެން ހުޅުމާލޭގައި ހިންގި ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު – ސަން ސެލިއުޓޭޝަން"ކަމަށެވެ. ވީޑިއޯއިން އެމްއެންޑީއެފްގެ ބޮޑީގާޑުން ތިބޭހެން ތިބި ބަޔަކު ގޮނޑުދޮށުގައި ތިބިތަން ފެނެއެވެ.

މިކަމުގެ ނުބައިކަން ބަޔާންކޮށް ދީނީޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ކަމާބެހޭ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ނުބެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެއްވެސް ޚަބަރަކުން އިސްތިހާރަކުން މިކަހަލަ ހަރަކާތެއްގެ ވާހަކަ ނީވޭތާ ދުވަސްކޮޅެއް ވެފަ މިޚަބަރު ފެނުނީމަ ހީވަނީ ޝެއިޚްމެން މިކަން ޕްރޮމޯޓް ކުރަން އުޅޭ ކަހަލަ ގޮތަކަށް. ހަރަކާތް ތަކުގެ ނަންތަކާއި ތަަޕްސީލު ދީފަ ހުރިވަރުން ހަމަ ބޮޑަށް ލަފާކުރެވެނީ ގުޅިގެން ހިނގާ އިސްތިހާރު ކުރުމެއް ހެން.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ