ކޯވިޑް ކާރިސާގެ ގޮންޖެހުންތަކުގެ ތެރޭގައި ޒިޕް އެއަރގެ ޚިދުމަތްތައް ވަނީ ތައާރަފް ކޮށްފަ

ޕެންޑަމިކް ތެރޭގަ ޖަޕާނުގެ އާ ބަޖެޓް އެއަރލައިންގެ ޚިދުމަތް ފަށައިފި

ޕެންޑަމިކް ތެރޭގަ ޖަޕާނުގެ އާ ބަޖެޓް އެއަރލައިންގެ ޚިދުމަތް ފަށައިފި

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގެ ގޮންޖެހުންތަކާއެކުވެސް، ޖަޕާނުން އެގައުމުގައި މުޅިން އާ ބަޖެޓް އެއަރލައިނެއްގެ ދަތުރުތައް ފަށައިފިއެވެ.

މިގޮތުން ކޯވިޑް ކާރިސާގެ ތެރޭގައި ޚިދުމަތް ފެށި މުޅިން އަލަށް އޮޕަރޭޓް ކުރަންފެށި ޖަޕާންގެ ބަޖެޓް އެއަރލައިން "ޒިޕް އެއަރ"ގެ ފުރަތަމަ ދަތުރު އެއަރލައިނުން ކޮށްފައި ވަނީ އެގައުމުގެ ޓޯކިޔޯ ކައިރީގައި އޮންނަ ނަރީޓާ އެއަރޕޯޓުން ދެކުނު ކޮރެއާގެ ސޯލްއަށެވެ. އެހެންނަމަވެސް، ޒިޕް އެއަރލައިންގެ ފުރަތަމަ ދަތުރު ވެގެން ދިޔައީ، ޕެސެންޖަރުންނަށްވުރެ ކުރޫންގެ އަދަދު ގިނަ ދަތުރަކަށެވެ. މިއެއަރލައިންގެ ފުރަތަމަ ދަތުރުގައި ދަތުރުކުރުމަށް ޓިކެޓް ގަނެފައި ވަނީ އެންމެ ދެ ޕެސެންޖަރުންނެވެ.

މުޅި ދުނިޔޭގެވެސް އެއަރލައިން އިންޑަސްޓރީއަށް ކުރިމަތިވެފައިވާ ސިއްޙީ ކާރިސާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ވަނިކޮށް، ޒިޕް އެއަރގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން އެ އެއަރލައިންގެ ރައީސް ނިޝިދާ ޝުންގޯ ވިދާޅުވެފައި ވަނީ، "ކުރިމަތި ވެފައިވާ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ޚިދުމަތްތައް ފަށައިގަނެވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް" ކަމުގައެވެ.

ޒިޕް އެއަރ އުފައްދާފައި ވަނީ 2018 ވަނަ އަހަރު ޖަޕާންގެ ގައުމީ އެއަރލައިން ޖަޕާން އެއަރގެ ސަބްސިޑިއަރީއެއްގެ ގޮތުގައެވެ.

ޒިޕްއެއަރ އިން އެންމެ ފުރަތަމަ ޓާރގެޓް ކޮށްފައިވަނީ އެއަރ ލައިންގެ ދަތުރުތައް، ނަރިޓާއާއި ބެންކޮކާ ދެމެދު އަދި ޖުލައިއިން ފެށިގެން އަވައްޓެރި ދެކުނު ކޮރެއާގެ ސޯލްއަށް ދަތުރުތައް ކުރުމަށެވެ. އަދި ކުރިޔަށް އޮތްތަކުގައި މެދު ރާސްތާއާއި އަދި ދިގު ރާސްތާ ދަތުރުތައް ނޯތު އެމެރިކާގެ ގައުމުތަކަށް ކުރުމަށެވެ.

ޖޫން މަހު 3 ވަނަ ދުވަހު ޒިޕް އެއަރއިން ވަނީ ބެންކޮކަށް ކާގޯ ދަތުރުތައް ފަށާފަ

އެހެންނަމަވެސް، ޚިދުމަތް ފަށައިގަތުމަށް އެއަރލައިން އިން ކުރި ޕްލޭންތައް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކޮށްފައި ނުވަނީ، ގައުމުތަކަށް އެތެރެވުމުގައި ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކާ ގުޅިގެންނެވެ. މިގޮތުން މިއަހަރުގެ މޭމަހު، ކުންފުނިން ވަނީ ހުރިހާ ޕެސެންޖަރ ފްލައިޓްތައް ފަސްކުރުމަށް ނިންމާފައެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ ދެ މަތިންދާ ބޯޓާއި، 220 މުވައްޒަފުން މަސައްކަތް ކުރާ ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި، ޕައިލަޓުންނާ އަދި ފަލައިޓް އެޓެންޑެންޓުންވެސް ތިބީ ވާނުވާގައެވެ.

އެއަރލައިންގެ ޚިދުމަތް ފަށައިގަތުމާއެކު ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް ޒިޕް އެއަރއިން ދެން މިސްރާބު ޖެހީ އެއަރ ކާގޯގެ ޚިދުމަތް މިދަޑިވަޅުގައި ތައާރަފް ކުރުމަށެވެ. އެއީ، ކޯވިޑް19ގެ ސަބަބުން، ފަލައިޓްތައް ކެންސަލްވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެއަރ ކާގޯގެ އަގުތައް ފާއިތުވެދިޔަ އަހަރާ އަޅާ ބަލާއިރު، ދެގުނައަށް މަތިވެގެން ދިޔަ ދިއުމުގެ ފައިދާ މިދަޑިވަޅުގައި ނެގުމަށްޓަކައެވެ.

ޒިޕް އެއަރގެ ފްލީޓުގައި ހިމެނެނީ، ބޮއިން 787s މަރުކާގެ ދުރު ރާސްތާގެ ދެ ބޯޓެވެ. ޖަޕާނުގެ އެހެން ބަޖެޓް އެއަރލައިންތަކުން ބޭނުން ކުރަނީ މި މޮޑެލްގެ އެހެންނަމަވެސް، މަދު އަދަދެއްގެ ކާގޯ އުފުލޭ ބޯޓުތަކެކެވެ. އެެހެންނަމަވެސް، ޒިޕް އެއަރލައިނުން ގެންގުޅެނީ، ގިނަ ކާގޯ އުފުލޭ ބޮޑެތި ކޮންޓެއިނަރުތައް އުފުލޭ ވައްތަރުގެ ބޯޓުތަކަކަށް ވުމުން، އެހެން ބަޖެޓް އެއަރލައިންތާ އަޅާ ބަލާއިރު މި އެއަރލައިނަށް ނެގެން ހުރި ފައިދާތަކެއް ހުރިކަމަށް އެއަރލައިންގެ މެނޭޖްމަންޓުން ދެކެއެވެ.

ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް، ކޯވިޑް19 ކާރިސާއަށް އަވަސް މުއްދަތެއްގައި ހައްލެއް އައިސްފައި ނުވިނަމަވެސް، ޒިޕް އެއަރއިން އެއްވެސް މުވަޒަފަކު ވަޒީފާއިން ވަކޮށްފައެއް ނުވެއެވެ. ސަބަބަކީ ޒިޕް އެއަރއިން ފަސެންޖަރުން އުފުލާ ފްލައިޓްތަކުގެ ޚިދުމަތް ފަށަން ޕްލޭންކޮށްފަ އޮތުމާއި ގުޅިގެންނެވެ.

މިގޮތުން އެއަރލައިންގައި ތިބި 110 ފަލައިޓް އެޓެންޑެންޓުން ދިޔައީ، ކާގޯ ފްލއިޓުގެ ގޮތުގައި ކުރަމުންދާ ދަތުރުތަކުގައި ބޭނުންވާ ތަމްރީންތައް ހަދަމުންނެވެ.

2 ޕަސެންޖަރުންނާއެކު އެންމެ ފުތަމަ ފްލައިޓްގެ ދަތުރު ބޭއްވިފަހުން ހުރިހާ ޕެސެންޖަރ ފްލައިޓްތަކެއްގަވެސް ދަތުރު ކޮށްފައިވަނީ، މަދު އަދަދެއްގެ މީހުންކޮޅެކެވެ. އެހެންނަމެވެސް، ޒިޕް އެއަރއިން ބުނެފައިވަނީ، ކާގޯ ފްލައިޓްތައް ވެސް ކުރަމުން، މަދު މީހުން ކޮޅަކާއެކު ޕަސެންޖަރ ފްލައިޓްތައް ބޭވުމަކީ މިވަގުތައް ގެއްކުން ހުރި ގޮތެއް ނޫންކަމަށާއި ވަގުތާއި ހާލަތާ ގުޅޭގޮތުން އަބަދުވެސް ވިޔާފާރީގެ އުސޫލުތައް ބަދަލު ވާންޖެހޭނެ ކަމަށެވެ.

ޒިޕް އެއަރއިން އުއްމީދު ކުރަނީ، ކޯވިޑް ކާރިސާއަށްފަހު، ދަތުރުތަކުގެ ޑިމާންޑް އުފިލިގެން ދާނެ ކަމަށެވެ. އޭވިއޭޝަން ސިނާއަތުގެ ތަޖުރިބާކާރުންވެސް ވިދާޅުވާގޮތުގައި، ކޯވިޑް ކާރިސާއަށް ނިމުމެއް އައިކަމުގަ ވީނަމަވެސް، ވިޔަފާރަވެރިން އާންމުކޮށް ދަތުރުކުރަން އެހާ އަވަހަށް ނުފެށިނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތު ވަރަށް ބޮޑުތަކުން ރަގަޅުވެގެން ދާނެތީ، ބަޖެޓް އެއަރލައިން ތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މިއަހަރުގެ މޭމަހު، ފުރަތަމަ ފްލައިޓް ބޭވުމަށްފަހު އެއާ ވިދިގެން ޒިޕް އެއަރއިން ވަނީ 100 ފްލައި އެޓެންޑެންޓުން ހޯދުމަށް އިއުލާން ކޮށްފައެވެ. އެހެން ހުރިހާ އެއަރލައިނަކުން މުވައްޒަފުން މަދުކުރަމުން ދަނިކޮށް ޒިޕް އެއަރއިން މުވައްޒަފުން ހޯދުމަށް އިއުލާން ކުރި ސަބަބާ ގުޅޭގޮތުން އެއަރލައިނުން ބުނެފައިވަނީ، ގިނަ މުވައްޒަފުން ހޯދުމަށް އިއުލާން ކުރަންޖެހުނީ، އަންނަ އަހަރު، ޖަޕާނުން ނޯތު އެމެރިކާއަށް ދަތުރު ކުރާ ޖަޕާންގެ ފުރަތަމަ ބަޖެޓް އެއަރލައިންގެ ގޮތުގައި ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައެވެ.

ޒިޕް އެއަރއަށް ކުރިމަތިވެގެންދާނެ އެއް ވާދަވެރިކަމަށް ވެގެންދާނެ ކަމަށް ބެލެވެނީ ޖަޕާންގެ އޯލް ނިޕޮން އެއަރވޭސް (އޭއެންއޭ) އިންވެސް ބަޖެޓް އެއަރލައިން ޚިދުމަތް ތައާރަފް ކުރުމަށް މިހާރު ނިންމާފައި ވުމެވެ. އޭއެންއޭގެ ބަޖެޓް އެއަރލައިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ ވޭތުވެދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މިއެއަރލައިނުން ބުނެފައި ވަނީ، އެއަލައިން ފަށާނީ މެދު ރާސްތާ ދަތުރުތައް ކަމަށާއި، އެހެންނަމަވެސް، 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ސައުތު އޭޝިއާގެ ގައުމުތަކަށާއި އަދި އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ޕްލޭން ކޮށްފައިވާ ކަމަށް އެއަރލައިނުން ހާމަ ކޮށްފައި ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *