އަލިފާނުގެ ޙާދިސާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ސަމާލުވުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

އަލިފާނުގެ ޙާދިސާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ސަމާލުވުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

Author
ޢަލީ އާދަމް
10 ނޮވެމްބަރ 2022 03:29
0

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގެ ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ރޭގެ ޙާދިސާގައި އެތައް ބަޔެއްގެ ފުރާނަ ގެލިފައިވާތީ މިކަމުގެ ހިތާމާގައި އެކޮމިޝަނުން ބައިވެރިވާކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޙާދިސާގެ ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ސައްޙަކޮށް ގެނެސްދިނުމުގައި ބްރޯޑްކާސްޓަރުން އަދާކުރި ދައުރު އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގަައި މަޢުލޫމާތާއި ޚަބަރު ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކަށް ބުރަވުމަށާއި ރަސްމީ ފަރާތްތަކުގެ ބަސް ހިމަނައިގެން ވީހާވެސް ކަށަވަރު މަޢުލޫމާތު ފޯރުކޮށްދިނުމަށް އެކޮމިޝަނުން އިލްތިމާސްކުރެއެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރު ފެތުރުމަށްވެސް އެކޮމިޝަނުން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.