އައްޑޫ ޕޮލިސް އެކެޑަމީގައި އެހެން ޤައުމެއްގެ ކޮންޓްލޯލެއް ނެތް: މިއުވާން

އައްޑޫ ޕޮލިސް އެކެޑަމީގައި އެހެން ޤައުމެއްގެ ކޮންޓްލޯލެއް ނެތް: މިއުވާން

Author
ޢަލީ އާދަމް
10 ނޮވެމްބަރ 2022 09:58
0

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑަމީއަކީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުނަށް ހިންގާ ތަނެއްކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު، އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކައެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ވާހަކަފުޅުދައްކަވަމުން ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

މިއުވާން ވިދާޅުވީ ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއްކަމަށާ، އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫންކަމަށެވެ. އަދި އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ޔާމީން ހުޅުމީދޫގައި ވިދާޅުވީ އައްޑޫ ތަރައްޤީކުރެވޭނީ އިންޑިއާ ކިބައިން މިނިވަންވެގެން ކަމަށެވެ. އަދި އައްޑޫގައި އަޅާފައިވާ ޕޮލިސް އެކަޑެމީއަކީ ސީދާ ދިގު މުއްދަތަށް އައްޑޫގައި ތިބުމަށް އިންޑިއާއިން އަޅާފައިވާ ތަނެއްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ އެ ނޫން މަޤުޞަދެއްގައި ބިނާކުރި ތަނެއް ކަމުގައިވާނަމަ އެތަން ދިވެހި ސަރުކާރާ ހަވާލުކުރަންވީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.