ޗާގޮސް މައްސަލާގައި މި ސަރުކާރުން ތަންފީޒު ކުރަމުންދަނީ ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ ތަންފީޒުކުރަމުންދާ ސިޔާސަތު ކަމަށާއި، އެއީ އިސްތިއުމާރީ ވެރިކަންކަތަކާއި ދެކޮޅު ހެދުން ކަމަށާއި، އެހެންނަމަވެސް މިމައްސަލާގައި އިދިކޮޅު ފަރާތްތަކަށް ސަހަލުވާ އެއްގޮތެއްވެސް ނެތްކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ހޫނުވެފައިވާ ޗާގޮސް އާކިޕެލަގޯގެ މައްސަލާގައި ބަންޑާރަނައިބު އިބުރާހިމް ރިއްފަތާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅިވީ 2019ގައި އޭރު މިސަރުކާރުން ޔޫއެންގައި މޮރިޝަސްއާއި ދެކޮޅަށް ވޯޓު ލީމަ(ރަތް ކުލައަށް ވޯޓު ލީމަ) ޕީޕީއެމްއިން އޭރު ދިވެހި ސަރުކާރަށް ގޮވާލީ، އެވޯޓު އެގޮތަށް ލާފަ ސަރުކާރުން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެކަމަށް ކަމަށެވެ.
އެހެނަމަވެސް އޭރު މޮރިޝަސްއާއި ދެކޮޅަށް ވޯޓު ލާފަ ދެން ދިން އެކްޕްލެނޭޝަނަލް ވޯޓު (ވޯޓު ލީ ސަބަބުތަކަށް) އަށް އެބޭފުޅުން ނުބައްލަވާ ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވެފައިވަނީ، އެކް ޕްލެނޭޝަނަލް ވޯޓުގައި ރާއްޖެއިން ބުނެފައިވާނީ ޗާގޮސްއާއި ބެހޭގޮތުން، އިސްތިއުމާރީ ބާރުތަކުން މިނިވަންކުރުމަށް މިކުރާ މަސައްކަތްތަކަށް ރާއްޖެއިން ދެކޮޅު ނަހަދާކަމަށް ކަމަށެވެ.
އަދި ރައީސުލްޖުމްހުރިއްޔާ މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީފުޅުގައިވެސް ވިދާޅުވެފައިވާނީ އެވާހަކަކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ދެން އދ.ގައި ނަގާ ވޯޓެއްގައިވެސް އެއަސާސަށް ވޯޓު ދިނުންކަމަށާއި، އެހެންނަމެވެސް ކޯޓުތަކުގައި ހުރި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރާންޖެހޭ މައްސަލަތަކުގައި ދޫނުދިނުން ކަންވެސް ޝާހިދު ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްއިން ގޮވާލީ އެގޮތަށް ވޯޓު ލީމަ، ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެއޭ.. މިހާރު ފެހިކުލަ ޖަހާނަމޭ ބުނީމަ އެންމެ މަތީ ޚިޔާނާތްތެރިންނަށް. މީގަ ނެތެއް ނޫންތޯ ސަހަލު އެއް ގޮތެއްވެސް. ތޮށަލިތަކުރާޖެހުނު ވިގަންޏެކޭ އެއްވަރު. ނައްޓާފަ ދާނެ ހަމަ އެއްގޮތެއް ނެތް.
ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ރާއްޖެއިން ގަބޫކޮށް، ސިޔާސަތު ބަދަލުކުރުމުން ސަރުކާރަށް އިދިކޮޅު ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުން އެއްބަސްވެފައިވަނީ ދިވެހި ކަނޑުން ބައެއް ވިއްކާލުމަށް ކަމަށެވެ.
އެހެންނަމަވެސް، މިމައްސަލާގައި މި ސަރުކަރުން ރާއްޖޭގެ ބައެއް ވިއްކާލުމަށް އެއްބަސްވެގައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ބިން ވިއްކާލެވޭ ގޮތަައް ރައީސް ޔާމިންގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައި ކަމަށާ އެހެންނަމަވެސް އެ އިސްލާހުތައް ބާތިލްކޮށް ރާއްޖޭގެ އެއްވެސްތަނެއް އެއްވެސް ބަޔަކަށް ނުވިއްކޭ ގޮތަށް އަލުން ބަދަލު ކުރީ ރައީސް ސާލިހުގެ ސަރުކާރުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ