ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ބަޔަކަށް މިލްކުވިޔަކަ ނުދެއްވާނެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ހޫނުވެފައިވާ ޗާގޮސް އާކިޕެލަގޯގެ މައްސަލާގައި ބަންޑާރަނައިބު އިބުރާހިމް ރިއްފަތާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅިވީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ބައެއްކަމަށް އެއްބަސްވީ މިސަރުކާރުން ނޫންކަމަށާއި، އެއީ އެކަމާ ކަންބޮޑުވެގެން މިހަރު ވާހަކަ ދައްކަވާ ބައެއް ބޭފުޅުންގެ ވެރިކަމުގައި އެއްބަސްވެފައި އޮތް ކަމެއް ކަމަށެވެ.
މިގޮތުން 1992 ވަނަ އަހަރު ރައީސް މައުމޫނުގެ ސަރުކާރުން އިނގިރޭސި ސަރުކަަރާއެކީ، މޮރިޝަސްއާއި ރާއްޖޭގެ ކަނޑު ފުށުއަރާ ބައި އިކުއިޑިސްޓޭންސްގެ އުސޫލުން ބެހުމަށް އެއްބަސެވެ ލިޔެކިޔުންތަކުގައި ކޮށްފައިވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރ ޑރ. ޝަހީދުވެސް މިބީދައިން އެއްބަސްވެ ދެސަރުކާރުން ލިޔެކިޔުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ.
މި ދެސަރުކަރުން އެއްބަސްވެފައިވާ ލިޔުންތަކުގައި އެއްބަސްވެފައިވާ ގޮތް ލިޔުންތަކުގައި ވާގޮތަށް ޝާހިދު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެ ދެއްވިއެވެ. އަދި ވިދާޅުވީ އެ ލިޔުންތައް އޮންނަ އުސޫލުގެ ދަށުން މީޑިއާތަކަށް ދޫކުރައްވާނެ ކަމުގައެވެ.
މިމައްސަލާގައި، މި ސަރުކަރުން ރާއްޖޭގެ ބައެއް ވިއްކާލުމަށް އެއްބަސްވެގައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ބިން ވިއްކާލެވޭ ގޮތަައް ރައީސް ޔާމިންގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައި ކަމަށާ އެހެންނަމަވެސް އެ އިސްލާހުތައް ބާތިލްކޮށް ރާއްޖޭގެ އެއްވެސްތަނެއް އެއްވެސް ބަޔަކަށް ނުވިއްކޭ ގޮތަށް އަލުން ބަދަލު ކުރީ ރައީސް ސާލިހުގެ ސަރުކާރުން ކަމުގައެވެ.
އެހެންވީމަ އަޅުގަޑުމެން މިތިބީ ދޫ ދޭގޮތަކަށް ނޫން. އިރާދަ ކުރެެއްވިއްޔާ ރާއްޖެގެ ކަނޑުތަކާއި ފަރުތަކާއި ރަށްތަކާއި ރާއްޖޭގެ އެކްސްކުލޫސިވް އިކިނޮމިކް ޒޯނާއި ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކޮށްދެއްވާނެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު އެމަނިކްފާނުގެ ޒައާމަތުގެ ދަށުން.
ޝާހިދު ވިދާޅުވެފައި ވެއެވެ.
One Response
ހިޔަޅަށް އޮންނަ ގޮތަކީ އޭނަގެ ބުއްދީގެ ބޭނުންކޮށްގެން އެހެންމީހުންގެ ސިކުނޑިތަކާކުޅެލުން. ޣައްދާރުން މިކުރާކަމަކީ ހިޔަޅު އުޅުނު ބީދައިން އުޅެ އޭތީގެ މަޅީގައި ރައްޔިތުން ޖެއްސުން. މިއުޑުދަށުގައި ހުރި އެރޮނގުން އެންމެ ކުރީގައި އުޅޭ މީހަކީ މިއީކަމަށް ބުނެވޭ. ހިޔަޅެއްގެ ވެރިކަމުގައި ވެރިހިޔަޅުގެ ފައި ދޮންނަ ފެން އޮހޭހިސާބުގައި އުޅެލެވުމުގެ ފުރުސަތުލިބި ވެރިހިޔަޅަށްވުރެ ބުއްދިވެރިވެފައިވާ ކަމަށް ބުނެވޭ. އޭގެތަޖުރިބާއިން މިއަދު މިބަލަނީ ރައްޔިތުން އިތުރަށް ވާވެއްދުމަށް ކަމަށް ގިނަރައްޔިތުން ބުނޭ.