އަލަށް އުފަންވި ކުދިންނަށް ލިބުނީ ދަރަނި ފޮއްޓެއް – ޔާމީން

އަލަށް އުފަންވި ކުދިންނަށް ލިބުނީ ދަރަނި ފޮއްޓެއް – ޔާމީން

Author
ޢަލީ އާދަމް
07 ނޮވެމްބަރ 2022 09:15
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ލިބުނީ ހަދިޔާ ފޮށްޓެއް ނޫންކަމަށާ، އޭގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ލިބުނީ ދަރަނި ފޮއްޓެއްކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން އެސިޓީގެ ފޭދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ޔާމީން އައްޑުއަށް ވަޑައިގަތީ އިއްޔެއެވެ.

ޔާމީން ވިދާޅުވީ ހަދިޔާ ފޮށީގެ ބަދަލުގައި އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި މިސަރުކާރުން ވަނީ އަޅުވާފައިކަމަށެވެ. މިސަރުކާރުގެ ވެރިންނާއި އެމްޑީޕީއަކީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުން ދަރަނިވެރިކުރިކަމަށްބުނެ އިންތިހާއަށް ފާޑުކީ މީހުންކަމަށާ، ހަޤީޤަތާ ޚިލާފު އެފަދަ އެތައް ވާހަކަތަކެއް ދެއްކި އެމްޑީޕީގެ ސަރުކާރުގައި މިއަދު އެމީހުން އޭރު ބުނި ޢަދަދުތަކަށްވުރެވެސް އެތައް ގުނައެއް ބޮޑު ދަރަންޏެއްގެ ބުރަ ރައްޔިތުންނަށް ރައްޔިތުންނަށް ޖައްސާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ އައްޑޫ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ބައެއް ކަންކަން ކޮށްފައިވާކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެގޮތުން އެ ހުރަސްތަކާއެކުވެސް އެމަނިކުފާނަށް މަރުޙަބާ ދަންނަވަން އައްޑޫން އެތައް ސަތޭކަބަޔަކު ނުކުތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އައްޑޫގެ މިހޫނުގަދަ މަރުހަބާގެ ސަބަބުން އެމްޑީޕީ ސަރުކާރު، "ބޭރަށް ހިންގައިގެންފި"ކަމަށެވެ. މީގެއިތުރުން ޔާމީންގެ އައްޑޫ ޖަލްސާތަކަށް އައްޑޫ ސްކޫލްތަކުން ގޮނޑި ދޫ ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގަވާފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވޫ ހއ.އިހަވަންދޫން އައްޑުއަށް ގޮނޑި ގެނެސްގެން ޖަލްސާ ބާއްވަން ޖެހުނަސް މިތިބީ އައްޑޫގައި ޖަލްސާ ބާއްވައި އެޖަލްސާގައި ގޮނޑިގޮނޑީގައި އިށީނދެގެންކަމަށެވެ.

ޔާމީން ވިދާޅުވީ މިސަރުކާރުން މުޅި ޤައުމު ވިއްކާލައިފިކަމަށެވެ. މައްސަލައަކީ ހަމައެކަނި ފޯޅަވަހީގެ މައްސަލަ ނޫންކަމަށާ ރާއްޖޭގެ އުރާއި ދެކުނުން އެތައްބައެއް ވިއްކާލާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. ޔަމީން ވިދާޅުވީ މިހާރު މިޤައުމުގައި އެއްވެސް އެހެންކަމެއް ކުރެވެން އޮތީ އިންޑިއާގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށްގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހެހެހެ
ކޮންމެ އާއިލާއަކަށް ހަމަޖެއްސި ޑަކުޓަރު ކޮބާ؟؟ މަނިކުފާނު ހަނުހުންނެވުން ބުއްދިވެރި