އާލިއާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް!

އާލިއާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް!

Author
ފާތިމަތު ނާވީ
06 ނޮވެމްބަރ 2022 03:35
0

ބޮލީވުޑްގެ ޒުވާން އަދި ކާމިޔާބު ބަތަލާ އާލިއާ ބަޓް ވިހައިފިއެވެ.

އާއިލާ ބަޓާއި ރަންބީރު ކަޕޫރަށް ލިބުނީ އަންހެން ކުއްޖެކެވެ.

މިހާރު ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމުގައިވާ އާލިއާ އާއި ރަންބީރުގެ އަލަތު ދަރިފުޅު ވިހެއުމަށް އާލިއާ އެޗް.އެން ރިލަޔަންސް ހޮސްޕިޓަލަށް ދިޔައީ މިއަދު ހެނދުނު 7:30 ގައި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އާލިއާ ވިހޭ ހޮސްޕިޓަލަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރް އެޕްރީލް 29، 2020 ގައި މަރުވި ހޮސްޕިޓަލެވެ.

އާލިއާ އޭނާގެ އިންސްޓަގްރާމްގައި ވަނީ އޭނާއަށް އަންހެން ކުއްޖެއް ލިބިއްޖެ ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އަދި ދެމީހުން ވެސް ތިބީ ވަރަށް އުފަލުން ކަމަށް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މި ޕޯސްޓް އާލިއާ ޝެއާ ކުރުމާއި އެކުގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ އޭނާ އާއި ރަންބީރަށް މަރުހަބާ ކިޔައިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ދެމައިންގެ ހާލުވެސް ރަނގަޅެވެ.

އާލިއާ، 28، އާއި ރަންބީރް، 40، ކައިވެނިކުރީ މި އަހަރުގެ އެޕްރީލް 14 ވަނަ ދުވަހުއެވެ. އަދި ބަލިވެއިންކަން އިއުލާންކުރީ ޖޫން 29 ގައެވެ. އޭރު ކައިވެންޏަށް ދެމަސްވެސް ނުވެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މި ދެތަރިން ވެސް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ބަރައްމަސްތުރާ: ޕާޓް ވަން ޝިވާ" އިންނެވެ. މި ފިލްމަކީ މި ދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމް އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު އަދި ގިނަ ރެކޯޑްތަކެއް މުގުރާލައިފާވާ ފިލްްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.