އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެއެވެ.
އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 10:00 ޖެހިއިރުއެވެ. މިއަދު ހަވީީރު 4:00 އާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި 87 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާނެއެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިއިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެއެވެ. ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެރަށެއްގެ ޕީޕީއެމްގހެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަނެއްގައެވެ.
މާލޭގައި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ ހެންވޭރު ދަނޑުގައެވެ. ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގައެވެ. ހުޅުމާލޭގައި ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައެވެ.
Progressive Congress Coalition ge dhaairaa inthikhaabuge votelun feshigen kuriah dhany #RY2023 pic.twitter.com/49IqbLw8Oc
— Progressive Party of Maldives (@ProgressPartyMV) November 5, 2022
ޕީޕީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އިންތިހާބުގައި ވޯޓު ލެވޭނީ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް މީހުންނަށް އެކަނި ކަމަށެވެ. ވޯޓު ލާން ދާ މީހުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހެއެވެ. އެ ލިޔުމުގެ މުއްދަތު ހަމަވެފައި ވިޔަސް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ