64 ފުޅި ބަނގުރަލާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

64 ފުޅި ބަނގުރަލާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2022 08:46
0

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެެވެ.

އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ނޮވެމްބަރ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.