އައު ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސްއާއި ހަވާލުކުރައްވައިފި

އައު ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސްއާއި ހަވާލުކުރައްވައިފި

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2020 01:04
0

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު ޑރ.ޙުސައިން ނިޔާޒް، މަޤާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމްނާތު ކޯވިދަށް މިއަދު ހަވާލުކުރައްވައިފިއެވެ.

ފަތްކޮޅު ހަވާލުކުރެއްވުން ކުރިއަށް ގެންދަވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު މިރަސްމިއްޔާތުގައި ބާއިވެރިވެވަޑައިގެންފައިވަނީ ވާރޗުއަލްކޮށެވެ.

މިރަސްމިޔާތުގައި ސަފީރު ޑރ.ޙުސައިން ނިޔާޒް ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަމަށާއި، އެޤައުމުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ.ނިޔާޒް އައްޔަންކުރައްވާފައިވަނީ މިދޔަ ސެޕްޓެމްބަރު މަހުގެ23 ވަނަ ދުވަހުއެވެ. ޑޮކްޓަރ ޙުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.