ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫ އަރައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫ އަރައިފި

Author
ހުސެއިން
30 އޮކްޓޯބަރ 2022 07:39
0

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް ބުރޫ އަރައިފިއެވެ. ބޭންކުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުރިމަތި ވެފައިވާ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ބީއެމްއެލްގެ އިންޓަރނެޓް ބޭންކިން އެޕްލިކޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާކަމުގައެވެ.

ބީއެމްއެލްއިން އިންޓަރނެޓް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދެމުންދާ އެޕްލިކޭޝަނަށް ލޮގްއިން ވުމުގައި މިހާރު ދަނީ މައްސަލަތަކެއް ދިމާވަމުންނެވެ. މީގެ ތެރޭގައި އެޕްލިކޭޝަނަށް ލޮގިން ނުވުމާއި، އަދި ލޮގިން ވުމަށްފަހު އެޕްލިކޭޝަނުން އަމިއްލައަށް ލޮގް އައުޓުވުން ފަދަ މައްސަލަތައް ކުރިމަތިވަމުންދާކަމަށް ބައެއް ކަސްޓަމަރުން ދަނީ ބުނަމުންނެވެ.

ބޭންކުން ވިދާޅުވެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ ވީހާ އަވަހަކަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، ޚިދުމަތް ބޭނުންކުރަމުންދާ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ތިޔައީ އާކަމެއްނޫނެވެ ކޮންމެ މަހަކުވެސް މަސްހުސްވެ މުސާރަދޭ ދުވަސްވަރު އޭޓީއެމް ތަކާ މެޕްވެސް މޮޔަވާނެ މީގަސްތުގާ ކުރާކަމެއްހެންހީވަނީ އެހެންނޫންނަމަ ކޮންމެމަހަކު މިހެނެއް ނުވާނެ