ގދ.ހޯޑެއްދޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ގދ.ހޯޑެއްދޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2022 10:23
0

ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ގިނަ އަދަދެއްގެ މަސްުތުވާތަކެތި ހޯދައިފިއެވެ.

މި ތަކެތި ހޯދާފައިވަނި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ދެކުނު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫގެ އެކި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އޮަޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައި ވަނީ ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައެވެ. އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.