ނައިފަރު އެމްޑީޕީގެ އެންމެ ވަރުގަދަ އެއްބޭފުޅާ އިދިކޮޅު ޕީޕީއެމްއަށް

ނައިފަރު އެމްޑީޕީގެ އެންމެ ވަރުގަދަ އެއްބޭފުޅާ އިދިކޮޅު ޕީޕީއެމްއަށް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2022 09:58
0

ޅ.ނައިފަރު އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅާ އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރައީސް ޔާމީން ނ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ނ.ހޮޅުދޫގައި ބޭއްވި ޖަލްސާގައި ސޮއިކުރި ނައިފަރު ޕީޕީއެމްގެ އެންމެ އިސްބޭފުޅަކީ މުހައްމަދު އިބްރާހިމް (ޑިކޭ) އެވެ. އޭނާއަކީ ނައިފަރުގައި އެމްޑީޕީ ނަގައި ކޮޅަށްޖަހައި، އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅާއެވެ.

މުހައްމަދު އިބްރާހިމް އަކީ ނައިފަރުގައި އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެ އަދި މިހާރުވެސް އެމްޑީޕީއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބޭފުޅެކެވެ. މުހައްމަދު އިބްރާހިމް އަކީ ޅ.އަތޮޅުގައިވެސް ފާހަގަ ކޮށްލެވޭ މެކޭނިކަލް އިންޖިނިއަރެކެވެ.

ނައިފަރުގައި އެމްޑީޕީ ކުރިއެރުމަށް މުހައްމަދު އިބްރާހިމް ވަނީ އަމިއްލަ ޖީބުން ބޮޑެތި ޚަރަދުތަކެއްވެސް ކޮށްފައެވެ. މިރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި އެއްއަތޮޅު ވެލިދޫއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޞ ޞަބަމު
މިރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި އެއްއަތޮޅު ވެލިދޫއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.. ރަގަޅު ކޮއްލާ