އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެ އެކަމަށް ހައްލެއް ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތައް މަޝްވަރާކުރަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މިނިސްޓަރ
ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މިނިސްޓަރ @faya_i މިއަދު އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރެންނާ ބައްދަލުކުރައްވައިފި. pic.twitter.com/dDrMbqxg1K
— Economy & Trade (@MoEDmv) October 24, 2022
ދިވެހި ފުލުހުން ޚިދުމަތުގެ ނަމުގައިވެސް ސްކޭމް މެސެޖުތައް ފޮނުވަމުން އަންނަކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ފުލުހުން ވަނީ ދިވެހި ފުލުހުން ޚިދުމަތުގެ ނަމުގައިވެސް ސްކޭމް މެސެޖުތައް ފޮނުވަމުން އަންނަ ކަމަށެވެ. އަދި އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތައް ކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި މިކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ފުލުހުންވަނީ އަންގާފައެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ލިބޭ ޓެކްސްޓް މެސްޖުތަކުގައިވާ ގޮތް ނޭނގޭ ލިންކު ތަކަށް ނުވަނުމަށް ފުލުހުންވަނީ އެދިފައެވެ.
ސްކޭމް ކޯލްތައް އިތުރުވެ ފައިސާ ހޯދާ މައްސަލަ އިތުރުވެފައިވާއިރު މިކަމަށް އަދިވެސް ހައްލެއް ވަނީ ނުގެނެވިފައެވެ.