"ބުރަމަސްތުރާ" ސްޓްރީމިން އަށް ދޫކޮށްލަނީ

"ބުރަމަސްތުރާ" ސްޓްރީމިން އަށް ދޫކޮށްލަނީ

Author
ފާތިމަތު ނާވީ
21 އޮކްޓޯބަރ 2022 09:57
0

5 އަހަރުގެ ދިގު މުއްދަތަކުން ނިންމާލެވުން ފިލްމު "ބްރަމަސްތުރާ" މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ރަސްމީ ފަރާތަކުން އައި މިކަން ކަށަވަރު ކޮށެއް ނުދެއެވެ. "ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" އަކީ ދަރުމާ އިން ގެނެސްދޭން ނިންމާފައި ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ.

މި ފިލްމަކީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި އެމީހުންގެ ލޯބީގެ ފެށުމަކީވެސް ހަމަ މި ފިލްމެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފެންޓަސީ އެޑްވެންޗާ ގައި އާލިއާ އާއި ރަންބީރުގެ އިތުރުން ބޮޑު ކާސްޓެއް ހިމެނެއެވެ. މި ދެތަރިންގެ ފިލްްމ އަކީ ގިން ރެކޯޑް ތަކެއް މުގުރާލި ބޮކްސް އޮފީހުގައިވެސް ވަރަށް ކާމިޔާބު ފިލްމްއެވެ.

ޖުމްލަ 410 ކްރޯޑް ރުޕީސް (49.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 431 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.