މިހާތަނަށް ގުނުނު، ރާއްޖޭގެ އާބާދީއަކީ 452,495

މިހާތަނަށް ގުނުނު، ރާއްޖޭގެ އާބާދީއަކީ 452,495

ބޯހިމެނުން 2022 ގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރެކޯޑްތަކަށް ބަލާއިރު ރާއްޖޭގެ ރެޖިސްޓަރޑް އާބާދީގެ %89 ކަމަށާއި، އެއީ 452،495 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން ބުނެފިއެވެ.

އެ އިދާރާއިން ހާމަ ކޮށްފައިވަ، މިމަހުގެ 20ވަނަ ދުވަހާއި ހަމައަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 355،331 މީހުންނެވެ. މިއީ 2014 ވަނަ އަހަރުގެ ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދެއްގެ ގޮތުގައި ބޯހިމެނުމުން 2014ގައި ގުނުނު އާބާދީއަށްވުރެ 16،897 މީހުން އިތުރު އަދަދެކެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 97،164 އެވެ. މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 33،527 މީހުން އިތުރު އަދަދެކެވެ. އަދި މިއީ އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ބިދޭސީންގެ އާބާދީގެ %65 ކަމުގައިވެސް އެ އިދާރާއިން ބުނެފައި ވެއެވެ. އެހެންކަމުން އެ ބިއުރޯއިން ބުނެފައިވަނީ އެއަދަދު އިތުރަށް ފުރިހަމަ ކުރުމަށްޓަކާ ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅައިގެން އެ ބިއުރޯއިން ދަނީ އިތުރު މަސައްކަތްތައް ކުރަމުންނެވެ.

އިމިގްރޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 150،313 ބިދޭސިން އުޅެމުން ދެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އެދިފައިވަނީ މިހާތަނަށް ބޯހިމެނިފައިނުވާ ގޭބިސީތަކުން އެ ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ގުޅުއްވާ ވެބްސައިޓުގައިވާ ފޯމު ފުރިހަމަ ކުރައްވާ އެކަން އީމެއިންއިން އެ ބިއުރީއަން އަގަވާ ދެއްވުމަށެވެ.

އޭގެ އިތުރުން މީހުން ދިރިނޫޅޭ ތަންތަނާއި، ނިދުމަށް ބޭނުންކުރާ ތަންތަނާއި، ހުސްކޮށް ހުރި ތަންތަނުގެ ވެރިފަރާތްތަކުން އެކަން ފާހަގަކޮށް، އެ ބިއުރޯއަށް އަންގަވާ ދެއްވުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އެދިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އަހަރެއްގެެ މައްޗައްް ދިވެހިި ސަރުކާރުު ހިންގުމައްް ދިވެހިރައްޔިތުންގެެ ބޮލަކައްް ގާތްގަޑަކައްް 120000ރޚަރުކޮއްގެންް މީތޯޯ ރައްޔިތުންނައްް ހައްގުމިންވަރަކީީ ސަރުކާރުގެެ އިސްރާފުު އިންތިހާގަަ ހެޔޮނުވާނެެ އާއްމުު ނިކަމެތިި ރައްޔިތުމީހާއާމެދުވިސްނާާ ފިކުރުކޮއްލަބަލަަ

Leave a Reply

Your email address will not be published. Required fields are marked *