ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އާ ސީއީއޯއަކަށް ސ. މަރަދޫފޭދޫ، އެވަރެސްޓް، އިމާދު ސޯލިހް އައްޔަންކޮށްފި އެވެ. އިމާދު ސާލިހު މިމަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު އައްޔަންކުރި އެ އޭޖެންސީގެ ސީއީއޯ މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ގިނަ ދުވަސްތަކަކަށް އެމަގާމް ހުސްކޮށް އޮތުމަށްފަހުއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ސީއީއޯކަމަށް އެންމެ ފަހުން އިއުލާން ކުރުމުން އެމަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވާފަ ވެއެވެ. މިގޮތުން މިމަގާމަށް އެންމެ ފަހުން އިއުލާން ކުރީ މުސާރަ އާއި އިނާޔަތްތައް 12،500ރ. އިން 48،450ރ. އަށް ބޮޑުކޮށްފައެވެ. އެންޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލި ފުރުސަތުތަކުގައި އެ މަގާމަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. ނަމަވެސް މުސާރަ ބޮޑުކޮށް، ހުޅުވާލުމުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯނު އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ. އެކަމަކު، މި ފަހަރު ސީއީއޯގެ މަގާމަށް އިއުލާނުކުރީ 48،450ރ. އަށް މުސާރަ ބޮޑުކުރުމަށް ފަހުއެވެ.
އެންޑީއޭގެ ސީއީއޯގ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދާ ހަމައަށްވެސް ބޭފުޅަކު ހަމަޖައްސާފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފައެވެ.
One Response
މަރުހަބާއިމާދު