މަސްތުވާތަކެތީގެ ވިޔަފާރިއަށް ޕާކިސްތާނުގައި "ރަހުނު" ކުރި ޒުވާނަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިއަށް ޕާކިސްތާނުގައި "ރަހުނު" ކުރި ޒުވާނަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2022 12:52
0

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕާކިސްތާނުގައި ރަހުނުކޮށްފައި ހުރި މީހަކު ދޫކޮށްލުމުން އަނުބާ ރާއްޖެ އައުމުން އޭނާ ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް މީހުން ބޭރު ޤައުމުތަކުގައި ރަހީނުންގޮތުގައި ތިބޭކަން ފުލުހުންވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމާއި، އެކަމުގައި އެހީތެރިވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ،، އޭނާ ޕާކިސްތާނަށް ފޮނުވާލާފައި ވަނީ ބަޔަކު އޭނާއަށް އޮޅުވާލައިގެން ކަމަށް ބުނެފައެވެ. އަދި ޕާކިސްތާނަށް ދިއުމުން ބަޔަކު އޭނާ ކިޑްނެޕްކޮށްގެން ގެންގުޅުނުކަމަށް އޭނާ ބުނެފައިވެއެވެ. އަދި ރާއްޖެ އައީ ފިލައިގެންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނަ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއާއެކު އޭނާގެ ބަންދަށް ފަސް ދުވަސް ޖެހިއެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމުން އަނެއްކާ އިއްޔެ އިތުރު 10 ދުވަސް ޖަހާފައިވެވެ. ނަމަވެސް އޭނަގެ ވަކީލަކު އައްޔަންކޮށްފައި ނުވާތީ އަދި ބަޔާން ނަގާފައެއް ނުވެއެވެ.

އަމިއްލައަށް ވަކީލަކު އައްޔަން ކުރަން އެދުމުން އެ ފުރުސަތު ދިނުމަށްފަހު އިއްޔެ ކޯޓަށް ދިއުމުން އޭނާ ވަނީ ދައުލަތުން ވަކީލަކު ހަމަޖައްސައި ދިނުމަށް އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.