ޖުވަނައިލް ޖަސްޓިސް ޔުނިޓް، ޑިޕާޓްމަންޓަކަށް ބަދަލުކޮށް ހުޅުވައިފި

ޖުވަނައިލް ޖަސްޓިސް ޔުނިޓް، ޑިޕާޓްމަންޓަކަށް ބަދަލުކޮށް ހުޅުވައިފި

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 11:04
0

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސް މިއަދު އުފައްދާ ހުޅުވައިފިއެވެ. ޖުވަނައިލް ޖަސްޓިސް ޑިޕާޓްމަންޓް ހުޅުއްވާދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ.

މީގެކުރިން ޖުވަނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)ގެ ގޮތުގައި ހިންގަމުންއައި ޔުނިޓް ޑިޕާޓްމަންޓަކަށް ބަދަލުވެގެންދާނެކަމަށް މިދިޔަ އަހަރު ފާސްކޮށް ޢަމަލުކުރަންފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔަންކޮށްފައިވެއެވެ.

ޖޭޖޭޔޫ އިން ކުރިން ބުނެފައިވަނީ ކުރިން ޢަމަލުކުރަމުންއައި ކުޑަކުދިންގެ ގާނޫނުގެ ދަށުން އެންމެ ފުޅާ ދާއިރާގައި އެ މަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރިކަމަށެވެ. އެގޮތުން ރަށްރަށުގައި ދިރިއުޅޭ ކުޑަކުދިންނާއި ސީދާ އެ އިދާރާގެ ޓީމުތަކުން ބައްދަލު ކުރުމުގައާއި އެފަދަ ކުދިން ދެނެގަތުމަށް ކުރާ މަސައްކަތުގައި ހުރަސްތަކެއް ހުންނަކަމަށާއި، އެގޮތުން ތަފާތު އެކި ކުށްތައްކުރާ ކުދިންނަށް ކައުންސިލިންގ ދިނުމާއި އެވެއާނެސް ޕްރޮގްރާމްތައް ހިންގުން އަދި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށްވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް ޖުވަނައިލް ޖަސްޓިސް ޔުނިޓް ޑިޕާޓްމަންޓަކަށް މިއަދު ބަދަލުވުމާއި ގުޅިގެން އެޑިޕާޓްމަންޓްގެ ގޮފިތައް އަތޮޅުތަކުގައި ޤާއިމްކުރުން ލާޒިމްވާނެއެވެ. އެގޮތުން ހއ.ހޯރަފުށީގައާއި ރާއްޖޭގެ ދެކުނުގައި އެޑިޕާޓްމަންޓްގެ ގޮފި ޤާއިމްކުރުމަށް ނިންމާފައިވާކަމށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.