މެޑަމް ފަޒުނާ މާލެ ވަޑައިގެންފި

މެޑަމް ފަޒުނާ މާލެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 09:47
0

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބުދަ ދުވަހުގެރޭ ފުވައްމުލައް ސިޓީ އިބަމަ މެންބަރުންނާ ބައްދަލުކުރައްވާ، އިބަމައިގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ޙަފްލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވިއެވެ.

އެކަމަނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ ޢުމުރުން އެންމެ ދުވަސްވީ ދެ އިސްރައްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ޙާލު ބައްލަވާފައެވެ. އަދި އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު" އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފައެވެ. އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.