100 މީޓަރުގެ ގައުމީ ޔޫތު ރެކޯޑް ރޫޔާ އާކޮށްފި

100 މީޓަރުގެ ގައުމީ ޔޫތު ރެކޯޑް ރޫޔާ އާކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2022 01:54
0

އުއްމީދީ ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑު އާކޮށްފިއެވެ.

މި ރެކޯޑް އެންމެ ފަހުން ވެސް އޮތީ ރޫޔާ އަތުގަ އެވެ. އޭނާ އެ ފަހަރު 100 މީޓަރުގެ އަންހެނުންގެ ޖޫނިއާ ރެކޯޑް ހެދީ ގައުމީ ގްރޭންޑްޕްރިކްސްގައި 12.53 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ، އިއްޔެ، އެ ރެކޯޑް މުގުރާލީ، ކުވޭތުގައި ކުރިއަށްދާ އޭޝިއާ މުބާރާތުގެ ހީޓުގައި 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ދިޔައީ ހީޓް އެކެއްގެ ހަތަރު ވަނައެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުން ފާހަގަވި ރޫޔާ އަންނަނީ ފަހަކަށް އައިސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި މއީ މި އަހަރު ރޫޔާ ވާދަކުރާ ބައިނަލްއަގުވާމީ ތިންވަނަ މުބާރާތެވެ.

ކުވެއިތުގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްރުގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރޫޔާގެ އިތުރުން ދެން ވާދަކުރާ ދިވެހި އެތުލީޓުންނަކީ ހުސެއިން ޒީކް ސުއާދާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޔޫސުފް އާއިޝް މުޙައްމަދު އަދި މުހައްމަދު މިންހާލް ޝާމިންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.